ޚަބަރު

ނިއުޕޯޓު ހުރި ބިން ހަވާލުކޮށް އެއްމިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓޫން ހުކުމްކޮށްފި


ބުރިިޖް ބަލަން ހެދި ޕްލެޓްފޯމްގައި ސްޓްރާޑާ އިން ހިންގާ ނއިުޕޯޓް ހުރި ބިން ހުސްކޮށް ބިމުގެ ކުލީގެ ގޮތުގަިއ އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސވިލްކޯޓުން ހުކުމްކޮށް ފިއެވެ.

ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެއްބަސްވުމާއި އެއްގޮތައް ފައިސާ ދައްކަމުން ގޮސްފައިނުވާތީ ފްލެޓްފޯމް ހެދުމަށް ހަވާލުކުރި ސްޓްރާޑާޕްރައިވެޓް ލިމިޓެޑުން އެތަނުގެ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 1,149.271 (އެއް މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ) 15 ދުވަހުގެ ދައްކާ ހަލާސްކުރަންޖެހޭނެކަމަށެވެ.

އެއްބަސްވުމުގެ ދަށުން ދައްކަން ޖެހި ނުދައްކާވާ ފައިސާއާއި ބަދަލުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިތުރުން މިއަދުން ފެށިގެން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޕްލެޓްފޯމް ހަދާފައިވާ ބިން ދައުލަތަށް ހަވާލު ކުރުމަށްވެސް ސިވިލްކޯޓްގެ ހުކުމުގައިވެއެވެ. އަދި އޭގެ އިތުރުން އެ ބިން ޙަވާލުކުރާ ދުވަހާ ހަމައަށް މިޘްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި، ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް އަންގާފައިވެއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީއާއެކު ސްޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ޑިސެމްބަރ 2016 ގައި ވެފައިވާ އެއްބަސްވުން މި އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ގައި ހައުސިން މިނިސްޓްރީން ވަނީ ބާތިލްކޮށްފައިއެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތައް ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެ. ކުލި ދައްކަންޖެހޭ މަސް ނިމުމުން، ހައުސިން މިނިސްޓްރީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންކަން އެނގެން އޮންނަ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެ އެއްބަސްވުން ބާޠިލުކުރި ތާރީޚަށްފަހު އެ ބިން ބޭނުންކުރުމުގެ ޙައްޤު ސްޓްރާޑާ ކުންރުންޏަށް ލިބިގެންނުވި ނަމަވެސް އެ އެއްބަސްވުން ބާޠިލުކުރި ތާރީޚަށްފަހު އެބިން ސްޓްރާޑާ އިން ބޭނުންކުރަމުން ގޮސްފައިވާކަން އެނގޭ ކަމަށެވެ. އެހެން ކަމުން މި އެއްބަސްވުން ބާޠިލުކުރި ތާރީޚަށްފަހު އެބިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުން ގޮސްފައިވާތީވެ، އެ ބިން ހުސްކޮށް ހައުސިން މިނިސްޓްރީއާ ޙަވާލުކުރެވޭ ތާރީޚާ ހަމައަށް އެ ބިން ބޭނުންކުރުމުގެ މިޘާލީ ބަދަލެއްގެ ގޮތުގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކަން ޖެހޭ ކަމަށް ވަނީ ނިންމާފައެވެ.