ޓީ-ޖެޓީ ސަރަޙައްދުގައި ހުރި ތެޔޮ ބައުޒަރުތަކެއްގައި ރޯވުމާއެކު އެ ސަރަޙައްދުގައި އަލިފާންގެ ހާދިސާއެއް ހިނގައިފިއެވެ.
އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ އެ ސަރަޙައްދުގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައެވެ. އޭގެފަހުން ތެޔޮ ބައުޒަރުތަކުގައި އަލިފާންހިފާ ބޮޑު ސަރަޙައްދަކަށް އަލިފާންގަނޑުވަނީ ފެތުރެން ފަށާފައެވެ. އެ ސަރަޙައްދުގައި އެ ވަގުތު ތިބި އާއްމުން އަލިފާންގަނޑު ނިންވުމަށް މަސައްކަތްކޮށްފައިވާއިރު އެމްއެންޑީއެފްއިންވެސްވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައެވެ.