ދިވެހި މަންމައިންނާއި އެނޫންވެސް އަންހެނުން ގޭގައި ތިބެގެން ޢާމްދަނީ ހޯދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންދެއެވެ. އެމަސައްކަތްތައް ބޭނުންވާވަރަށްވުރެ މަދުން ނަމަވެސް ޢާންމުންނާ ހިސާބަށް އެއްތާކުން އެފަދަ އުފެއްދުންތައް ދައްކާލުމަށް ފުރުސަތު ލިބޭ ކޮންމެފަހަރަކު އެކަނބަލުންގެ ހުނަރާއި އުފެއްދުންތެރިކަން ފެނިގެން ދެއެވެ.
"މަމްސް އެންޖީއޯ"އިން އިންތިޒާމްކޮށްގެން "މަމްސް އެކްސްޕޯ 2019"ގެ ނަމުގައި ފެށި މައުރަޒުގައި ގިނަ ސްޓޯލްތަކެއް ވަނީ ބައިވެރިކޮށްފައެވެ. އެއިން ކޮންމެ ސްޓޯލަކުން ފެންނަނީ ދަރިން ބަލަމުން ނުވަ ގޭތެރެ ބަލަހައްޓަމުން އަންހެނުން ކޮށްފައިވާ ހުނަރުވެރި މަސައްކަތްތަކެވެ.
މި މައުރަޒުގައި ތުއްތު ކުދިންގެ ބޭންޑާއި ހެދުންފަދަ ތަކެތި ބައިވެރިކޮށްފައިވާއިރު މިމަސައްކަތްތަކުގެ ފުރިހަމަކަން މާ ފުރިހަމައަށް މިމައުރަޒުގައި ފެނިގެންދެއެވެ.
ސައިބޯންޏާއި ސޭމްޕާއި ރީތިވުމަށް ބޭނުންވާ ސާމާނު އަމިއްލައަށް ގޭގައި ތިބެ އުފައްދައިގެން ދިވެހި ބާޒާރުގައި އެތަކެތި ދައުރުވާއިރު މި މައުރަޒުގައި އެމަސައްކަތްތައް ވެސް ބައިވެރިކޮށްފައި ހުއްޓެވެ.
އަންހެނުން ގޭގައި ތިބެގެން އޮންލައިންކޮށް ކުދިންނަށް ޓިއުޝަން ދިނުމަކީވެސް އަދައިގެ ކަމެއް ނޫނެނެވެ. އެމަސައްކަތްތައްވެސް މި މައުރަޒުގައި ފެނިގެންދެއެވެ. މި މައުރަޒުގައި ކާބޯތަކެތިވެސް ބައިވެރިކޮށްފައިވެއެވެ. ގޭގައި ތިބެގެން އަންހެނުން ތައްޔާރުކުރާ ދިވެހިރަހަތައް ހިމެނޭ ކާނާގެ ރަހަތައްވެސް މިމައުރަޒުގައި ފެންނަން މިމަޢުރަޒުގައި ރަހަތަކުގެ އަޖުމަ ބަލާލަން ފުރުސަތު ލިބިގެންދެއެވެ.
މި މައުރަޒުގައި އަންހެނުންގެ ހުނަރުވެރިކަން ފެނިގެންދާއިރު މިމަސައްކަތްތަކާމެދު އާންމުންގެ ބޮޑު ތަރުޙީބެއްވެސް އަންނަނީ ލިބެމުންނެވެ.