މުނިފޫހިފިލުވުން

އާލިއާ ބަޓާއިއެކު ސަންޖޭގެ "ގަންގޫބާއި" އަންނަ އަހަރު ރިލީޒްކުރަނީ


ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގޫބާއީ" ގައި އާލިއާ ބަޓް ހިމަނާ އަންނަ އަަރު ފިލްމް ރިލީޒްކުރާނެ ތާރީހު ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމުން އާލިއާ ފެންނާނެކަން ޔާގީންވެފައި މިވަނީ "އިންޝާﷲ" ގައި މަސައްކަތްކުރަން ލިބުނު ފުރުސަތު ސަލްމާން ޚާނާ ހެދި އާލިއާ ގެއްލިފައި އޮތުމަށް ފަހުއެވެ.

ސަންޖޭ ލީލާ ބަންސާލީގެ ޑައރެކްޝަނަކުން 26 އަހަރުގެ އާލިއާ ބަޓް ފުރަތަމަ ފެނިގެންދާނެކަން ޔަޤީންވެފައިވާއިރު އޭނާއާއި އެކު ފިލްމު "ގަންގޫބާއީ" ދެން ފެނިގެންދާނީ ކޮންތަރިންނެއްކަމެއް އަދި ނޭގެއެވެ. އެހެންނަމަވެސް މި ފިލްމުގެ ޝޫޓިންތައް އަންނަ މަހު ފަށާ ސްކްރީންތަކަށް މި ފިލްމު އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަދުވަހުއެވެ.

"ގަންގޫބާއީ" މި ފިލްމަކީ އިންޑީއާގެ އުޅުނު އަންހެން ގޭންގްސްޓާރެއްކަމަށްވާ ގަންގޫބާއީ ކަތިއާވާދީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމް ހަދަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ހުސެއިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" އަށެވެ.

ސަންޖޭ ލީލާ ބަންސާލީ އެންމެ ފަހުން އުފައްދަން މަސައްކަތްކުރި "އިންޝާﷲ" ހުއްޓާލަންޖެހުނީ ސަލްމާނާ ހެދިކަމަށް ބުނިނަމަވެސް އެކަމުގައި ސަންޖޭވެސް ސަލްމާންވެސް މިހާތަނަށް ވާހަކަދްކާފައެއް ނުވެއެވެ. އެހެންނަމަވެސް ފިލްމު ހުއްޓާލަންޖެހުމުން ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޑަކްޝަނަށް 15 ކްރޯޑް ރުޕީސް ނުވަތަ 2 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނުކަމަށް ހަބަރުތައް ބުނެއެވެ.