މުނިފޫހިފިލުވުން

އެލްސާ އަދި އާނާއަށް ޕީސީ އަދި ޕަރްނީތީގެ އަޑު


"ފްރޯޒެން 2" ގެ ހިންދީ ވާޝަނަށް ޕްރިޔަންކާއި އޭނާގެ ދެބެންގެ ދަރި ޕަރްނީތީ އަޑު އަޅަން ނިންމައިފިއެވެ.

2013 ވަނަ އަހަރު ރިލީޒްކުރި " ފްރޯޒެން' 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ އެނިމޭޓެޓް ފިލްމަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމްގެ ރިކޯޑް ވަނީ ޤާއިމުކޮށްފައެވެ. ފްރޯޒެންގެ ހިތްގައިމުކަމާއި ރީތިކަމުގެ ސަބަބުން މި ފިލްމުގެ ސީކުއަލްއެއް ފެނިގެންދިއުމަކީ އޭރުވެސް އެތައްބަޔަކު އެދެމުންދިޔަ އެދުމެކެވެ.

"ފްރޯޒެން 2" ޓްރެއިލަރ އާއްމުކުރިތާ ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. "ފްރޯޒެން 2" އިން ދައްކުވައިދޭނީ އެލްސާ އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުގެ ހަޤީޤަތް ހޯދުމަށް އޭނާގެ ކޮއްކޮ އާނާ، ކްރިސްޓޯފް އަދި އޯލާފްއާއެކު ކުރާ ގޮތް ނޭނގޭ ދަތުރެކެވެ.

"ފްރޯޒެން 2" އަންނަ މަހު މަހު 22ގައި ސްކްރީންތަކަށް އަންނަ ތައްޔާރުވަމުން އަންނައިރު މި ކާޓޫންގެ ހިންދީ އަޑު އެޅި ވާޝަންތައްވެސް އެ ދުވަހު ސިނަމާތަކަށް އަންނާނެއެވެ.

ޕްރިޔަންކާ އޭނާ އިންސްޓަގްރާމްގައި ވަނީ "ފްރޯޒެން 2" ހިންދީ ވާޝަންގައި އެލްސާއާއި އޭނާގެ ކޮއްކޮ އާނާގެ ރޯލުން އިވިގެންދާނީ ޕްރިޔަންކާއާއި އޭނާގެ ދެބެންގެ ދެ ދަރި ޕަރިނީތީގެ އަޑުކަމަށް ބުނެފައެވެ. ޕްރިޔަންކާ އޭނާގެ އިންސްޓަރގްރާމްގައި "ފްރޯޒެން 2 " ގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ މީމީ އާއި ޓީޝާ އަކީ މިހާރު އެލްސާ އާނާކަމަށެވެ. އަދި މި ކާޓޫނުގެ އެންމެ ވަރުގަދަ ކެރެކްޓަރތަކުގެ ގޮތުގައި ސަޕޯޓަރުންނަށް އަޑު އިއްވާލަން ކެތްމަދުވެފައިވާކަމަށެވެ.

"ފްރޯޒެން 2" އިން ޕްރިޔަންކާގެ އަޑު އިވިގެންދާނެކަން އޭނާ އިއުލާންކޮށްފައި މި ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމް " ދަ ސްކައި އިޒް ޕިންކް " ސްކްރީންގައި ދައްކަމުންދާ ދަނޑިވަޅެއްގައެވެ. ޝޮނާލީ ބޯސް ޑައިރެކްޓްކޮށް ހާގީގީ ވާހަތަކެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ. ގިނަ ސިނަމާތައް އޮތީ ހުސްކޮށެވެ.