ޖަރުމަނުވިލާތުން ހައްޔަރުކުރި އަލްޖަޒީރާގެ
މުރާސިލް އަޙްމަދު މަންސޫރު
ބަންދުގައި ބެހެއްޓުމަށް އެގައުމުގެ
ފަނޑިޔާރަކު އަމުރުކުރައްވައިފިއެވެ.
އަލްޖަޒީރާއިން ބުނީ އަޙްމަދު މަންސޫރު
ބަންދުގައި ބެހެއްޓުމަށް އެގައުމުގެ
ފަނޑިޔާރަކު އަމުރުކުރައްވާފައިވާ ކަމަށާ އޭނާ
މިސްރާ ޙަވާލުކުރުމާމެދު ގޮތެއްނިންމުމަށް
ޖަރުމަނުވިލާތުގެ ހައިކޯޓުގައި މިއަދު
އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ
ކަމަށެވެ.
އަލްޖަޒީރާގެ މުރާސިލް
އަޙްމަދު މަންސޫރު ހައްޔަރުކުރީ
ޖަރުމަނުވިލާތުގެ ބާރލިން އިން
ގަތަރުގެ ވެރިރަށް ދަވްޙާއަށް
ފުރަން އުޅުމުގެ ތެރޭގައި
ބާލިން އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. ޖަރުމަނުގެ ފުލުހުން އަހްމަދު
މަންސުރު ހައްޔަރުކުރީ މިސްރު
ސަރުކާރުގެ އެދުމަކަށް ކަމަށްވާތީ
ޖަރުމަނުގެ ސިޔާސީ ފަރާތްތަކާއި
ނޫސްވެރިންގެ ޖަމްއިއްޔާތަކުންވަނީ އެކަން ވަރަށް
ބޮޑަށް ކުށްވެރިކޮށްފައެވެ.
އަލްޖަޒީރާގެ ޑައިރެކްޓަރ
ޖެނެރަލް މުސްތަފާ ސުވާގް
ވަނީ މިނިވަން ނޫސްވެރިކަމާ
ދެކޮޅަށް މިސްރު ސަރުކާރުން
ހިންގާ ހަރުކަށި އަމަލުތަކުގެ
ބައިވެރިއެއްކަމަށް ޖަރުމަނުވިލާތް ވެގެންނުވާނެ ކަމަށް
ވިދާޅުވެ ޖަރުމަނުގެ ސަރުކާރަށް
ވަރަށް ބޮޑަށް ފާޑު
ވިދާޅުވެފައެވެ.