ޚަބަރު

ބިދޭސީއަކަށް ހަމަލާދީ ފޭރެން އުޅެފި


ބިދޭސީއަކަށް ހަމަލާދީ ފޭރެން އުޅުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ޝަހީދު ޙުސައިން ޢަލީ ހިނގުމުން ހިނގާފައި ދިޔަ ބިދޭސީ އަތުން ފޭރެން މަސައްކަތްކޮށްފައި ވަނީ ތޫނުއެއްޗަކުން އެމީހާއަށް ހަމާދީގެން ކަމަށެވެ. އެގޮތުން އެމީހާގެ ކަނާތުގެ އެއް އިނގިއްޔާއި ބުރަކަށީގައި ޒަހަމްތައް ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.