މުނިފޫހިފިލުވުން

9 ވަނަ ފިލްމް އެވޯޑްގެ ފަނޑިޔާރުން އިއުލާންކޮށްފި


ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ޖޫރީންގެ ޕެނަލްގައި އިއުލާންކޮށްފިއެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު އެވޯޑްސްގައި ވާދަކުރާ ފިލްމްތައް ޖަޖްކުރުމަށް އެންސީއޭއީން އެކުލަވާލާފައިވަނީ 7 ފަންޑިޔާރުންގެ ޕެނަލައެކެވެ.

މި ފެނަލްގައި ހިމެނެނީ ފިލްމީ ފިލްމީ ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި ފިލްމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކެވެ.

ޖަޖުންގެ ޕެނަލް

- މުހައްމަދު ނިޔާޒް (ޓެޑްރީ) / 33 އަހަރު މިދާއިރާގައި ހޭދަކޮށް ފިލްމީ ދާއިރާއިން 11 ޤައުމީ އެވޯޑް ހާސިލުކޮށްފައިވެއެވެ.
- އައިމިނަތު ނަޖީބް / ނިއުޔޯކް ފިލްމް އެކަޑަމީން ފިލްމު އުފެއްދުމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވެއެވެ.
- ފާތިމަތު ލީޒާ / ފިލްމާއި ޓިވީ އަދި އިސްތިހާރު އުފެއްދުމުގެ ދާއިރާއިން ބީއޭ ހާސިލުކޮށްފައިވެއެވެ.
- އައިމިނަތު އިނާސް / ސިޑްނީ ފިލްމް ސްކޫލުން ސްކްރީން ސްޓަޑިޒްއިން ޑިޕޮލަމާ ހާސިލުކޮށްފައިވެއެވެ.
- އަހްމަދު އަހްސަން / ފިލްމް އުފެއްދުމުގެ ދާއިރާއިން މުމްބާއީ ފިލްމް ސްކޫލުން ސެޓްފިކޭޓް އިން ފިލްމް މޭކިން ހާސިލުކޮށްފައިވެއެވެ.
- ނޫރާ އިބްރާހިމް ޒާހިރު / ފިލްމާއި ޓިވީ އަދި މާކެޓިން ދާއިރާއިން ބީއޭ ހާސިލުކޮށްފައިވެއެވެ.
- ޝާރިފް އަލީ / ފިލްމާއި ޓިވީ އަދި ނޫސްވެރިކަމުގެ ދާއިރާއިން ބީއޭ ހާސިލުކޮށްފައިވެއެވެ.

ފިލްމު އެވޯޑްސްގައި ވާދަކުރަން ހުށައަޅާފައިވަނީ ފީޗަރ 12 ފިލްމާއި ކުރު 1 ފިލްމެވެ.

މި ފަހަރުގެ އެވޯޑްގައި ވާދަކުރާ ފިލްމުތައް

- މުޙައްމަދު އަބޫބަކުރުގެ – ނޭދެން ވަކިވާކަށް
- އައިޝަތު ރިޝްމީގެ – ވިޝްކާ
- އަމްޖަދު އިބްރާހީމްގެ – ރޭވުމުން
- މުޙައްމަދު އަލީ - އައިޝަތު ފުއާދު ތައުފީޤްގެ – މީ ލޯތްބަކީ
- މުޙައްމަދު އަލީ - އައިޝަތު ފުއާދު ތައުފީޤް – ވަކިން ލޯބިން
- ފާޠިމަތު ނަޙުލާ - ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ – ބޮސް
- އަޙްމަދު ޝާޙު ޢަލީ - އަލީ ޝަޒްލީންގެ – ދެވަންސޫރަ
- އިސްމާޢީލް ޝަފީޤުގެ - ނޯޓީ ފޯޓީ
- ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ – ތިޔަ ލޯތްބާ ދުރަށް
- މުޙައްމަދު މުންތަޞިރުގެ – އިލް ނޮއިޒް
- ޢަބްދުލް ފައްތާޙް- ނިޢުމާ މުޙައްމަދުގެ – ހައްދު
- އަޙްމަދު ނަޞީރު - އިބްރާހިމް ރަޝީދުގެ– މަލިކާ
- އިސްމާއިލް ރަޝީދު - އަޙްމަދު ޒިޔާގެ – ކަނޑު އިބިލީސް

އެންސީއޭއިން ބުނީ މިފަހަރުގެ އެވޯޑްސްގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި 2018 ވަނަ ރިލީޒުކުރި ފިލްމުތަކެވެ. މި އެވޯޑްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަދުވަހުގެ ނިޔަލަށެވެ.

ދިވެހި ފިލްމު އެވޯޑާއި ދިވެހި ފިލްމު ފެސްޓިވަލްގެ އުސޫލުވެސް އެންސީއޭއިން ވަނީ އާއްމުކޮށްފައެވެ. އަދި މި އުސޫލުގައިވާ ދިވެހި ފިލްމު ފެސްޓިވަލްގެ ބައި ކުރިޔަށް ގެންދާނީ 10 ވަނަ ފިލްމު އެވޯޑުން ފެށިގެން ކަމަށްވެސް އެންސީއޭއިން ބުނެއެވެ.