ޚަބަރު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހްމަތުގައި ރައީސް ޔާމީނާ ސުވާލު ކޮށްފި


އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަޙްޤީޤަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ޙާޒިރުކޮށް ސުވާލު ކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2 ޖެހިއިރުއެވެ. އަދި އެމަނިކުފާނު ފުލުސް އޮފީހުން ނިކުމެވަޑައިގެންނެވީ އޭގެ ތިން ގަޑިއިރުފަހުންނެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން އީސް ޔާމިން ނިކުމެވަޑައިގެންނެވި ގޮތައް ސިފައިންގެ ސެކިއުރިޓީއާއެކު ކާރުކޮޅުގައި ވަޑައިގެންނެވީ ގެކޮޅަށެވެ. އެހެން ކަމުން ފުލުސް އޮފީހުގައި އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލުތަކާ ގުޅޭ ގޮތުން ތަފްސީލް މައުލޫމާތެއް އެމަނިކުފާނުގެ ފަރާތްޕުޅުން ލިބިފައެއްނުވެއެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ޓީމްގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުވެ ހިމެނިވަޑައިގެންނެވިއެވެ. ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މަނީލޯންޑަރިންގެ ތުހުމަތުގެ އުފުލާފައިވާ ދައުވާއާ ގުޅިގެން މިހާރު ވަނީ ހުކުމް ކުރުމާ ހަމައަށް ގޮސްފައި އެވެ. އަދި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މާދަމާއަށް ވަނީ ތަޢާވަލުކޮށްފައެވެ.

އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ތަހްގީގު ހިންގަމުންދާއިރު ފުލުހުން ހާމަ ކުރައްވާ ގޮތުން އެ ފައިސާ 267 ފަރާތަކަށް އެކި ގޮތް ގޮތުން ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި ކުރިން އެ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ކުށަށް އިއުތިރާފުވެ ތަހްގީގަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެއްބަސްވެފައެވެ.