ޚަބަރު

އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނަން - ޝިފާޒް


މި މަހު ބާއްވާ އެމްޑީޕީގެ ނައިބު ރައީސްގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެކަމަށް އެ މަގާމު ދިފާއު ކުރެއްވުމަށް ނިކުމެވަޑައިގެންނެވި މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

މާލޭގައި ޝިފާޒްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންް އޭނާ ވިދާޅުވީ އެމްޑީޕީއަށް މާޒީގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއެކު ވެސް މަސައްކަތް ކުރެއްވި ކަމަށާއި ކޮންމެތާކު ހުންނެވި ނަމަވެސް އެމްޑީޕީއަށް ހިދުމަތްކުރުމުގައި ހުންނާނެ ކަމަށެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ އަނިޔާވެެރި ވެރިކަމެއް ބަދަލުކޮށް ރައްޔިތުން އެދޭ ބަދަލު ގެނެސްދިނުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކޮށް ޖަަލަށް ލުމުން ދަތި އުނދަގޫ ވަގުތުތަކުގައި ކުރި މަސައްކަތްތަކާއި އެމްޑީޕީން އެ ވަގުތުތަކުގައި އިންތިހާބުތައް ކާމިޔާބު ކުރަން ކުރި މަސަައްކަތްތަކުގެ މައްޗަށްވެސް ޝިފާޒް ވަނީ ވާހަކަ ދައްކަވާފައި އެވެ.

އޭގެ އިތުރުން ޝިފާޒް ވަނީ ރާއްޖޭގެ ސިޔާސަތު ބައްޓަން ވެގެން ދެން ދާން ޖެހޭނީ އެމްޑީޕީގެ މެމްބަރުން ބޭނުންވާ ގޮތައް ކަމަށް ވިދާޅުވެފައިއެވެ.

ޝިފާޒުއާ ވާދަ ކުރައްވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު މުހައްމަދު އަސްލަމެވެ.