ކުޅިވަރު

ޕޮޗެޓީނޯ ހޯދުމަށް ބަޔާނުން މަސައްކަތް ފަށައިފި


ޓޮޓެންހަމުން ވަކިކުރި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކޯޗަކަށް ގެނައުމަށް ބަޔާން މިއުނިކުން މަސައްކަތް ފަށައިފި އެވެ.

ޕޮޗެޓީނީ ވަނީ ފާއިތުވެދިޔަ ފަސް އަހަރު ޓޮޓެންހަމަށް ކޯޗުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިދިޔަ ސީޒަނުގައި އެ ޓީމު ގެންގޮސްދީފަ އެވެ. އޭނާ އެންމެ ފާހަގަ ކުރެވުނީ ބޮޑު ހޭދަތަކެއްނުކޮށް ޒުވާން ކުޅުންތެރިންތަކަކާއެކު ކާމިޔާބު ހޯދާ ކޯޗެއްގެ ގޮތުގަ އެވެ.

ޕޮޗެޓިނޯ ހޯދުމަށް ބަޔާނުން މަސައްކަތް ފެށީ މިވަގުތު އެ ޓީމުގައި ދާއިމީ ކޯޗަކު ނެތުމުންނެވެ. އަނެއްކޮޅުން ޕޮޗެޓިނޯ އަކީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ފަދަ ޓީމުތަކުން ވެސް ފާރަލަމުން އަންނަ ކޯޗެކެވެ.

ބަޔާނުން ހުށަހެޅުމެއް ލިބިފައިވާކަން ޕޮޗެޓިނޯ ވެސް އަދި ޔަގީންނުކޮށްދެ އެވެ. އަދި އެނބުރި ކޯޗިންގެ ތެރެއަށް އަންނާނީ ކޮން އިރަކު ކަމެއް ވެސް އޭނާ ބުނެފައެއް ނުވެ އެވެ.

ޓޮޓެންހަމުގެ ކޯޗުކަމުން އޭނާ ވަކިކުރީ މި ސީޒަނުގެ ޕްރެމިއާ ލީގުގެ ނަތީޖާތައް ދަށްވުމުންނެވެ.