ކުޅިވަރު

އަހަރެން ހުންނާނީ ސިޓީގައި: ގާޑިއޯލާ


ކުލަބުން ބޭނުންވާނަމަ އޭނާ ހުންނާނީ މެންޗެސްޓާ ސިޓީގައި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުލަބާމެދު އޭނާގެ ހިތްހަމަނުޖެހުމެއް އުޅޭ ކަމަށާއި ކުރީގެ ދެ ކުލަބު ކަމަށްވާ ބާސެލޯނާ އާއި ބަޔާން މިއުނިކުން އޭނާ ހޯދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ.

"އަހަރެން ހިތްހަމަނުޖެހޭ ކަމަށް މީހުން ވާހަކަ ދައްކަނީ ކީއްވެ؟ އެއީ ލިވަޕޫލް އަތުން ބަލިވުމުންތަ؟ ނޫނީ އަހަރުމެން މި ސީޒަނުގައި ތިން މެޗުން ބަލިވީމަތަ؟ އެކަމާހެދި އަހަރެން އިސްތިއުފާދޭނެ ކަމަށް ގަބޫލުކުރާ ކޮންމެ މީހަކީ އަހަރެން ނޭނގޭ މީހެއް. އަހަރެން އަޑުއަހަން ޕްރެމިއާ ލީގު މިސީޒަނަށް ނިމިއްޖެކަމަށް. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަދި ނުނިމޭ. އަހަރެން ލޯބިކުރަން މި މަގާމުގައު އޮވެ ވާދަކުރަން،" އެއްވަނާގައިވާ ލިވަޕޫލަށްވުރެ 9 ޕޮއިންޓްގެ ލީޑަކާއެކު ދެ ވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީގައި ދިރިއުޅެން ވެސް އޭނާ ލޯބިކުރާ ކަމަށެވެ. އަދި މެންޗެސްޓާ ސިޓީގައި ތިބީ ވަރަށް ގުޅޭ އެކުވެރިބައެއް ކަމަށާއި ކުލަބަކަށް ކާމިޔާބު ހޯދައިދޭން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

"އަހަރެންގެ ޓީމު އަންނަނީ އަހަރަކަށްވުރެ އަހަރެއް ރަނގަޅުވަމުން. އަހަރެންގެ ޓީމު އެކަމާ އުފާކުރަން. އަހަރެން ކުލަބުން ދާނީ ކުލަބުގެ ވެރިން ބޭނުންވެއްޖެނަމަ،" ގާޑިއޯލާ ބުންޏެވެ.