އަންނަ އަހަރު ސްކްރީންތަކަށް އަންނާނެ މުހިއްމު ފިލްމުތަކުގެ ތެރެއިން އެއް ފިލްމަކީ "ތަލައިވީ" އެވެ.
މީގެ ތިން އަހަރު ކުރިން އިންޑީއާގެ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ "ތަލައިވީ"ގެ ޝޫޓިން ފަށާ ފިލްމުގެ ފުރަތަމަ ޕޯސްޓަރާއި ޓީޒަރ މިވަނީ ދައްކާލާފައެވެ.
ޖަޔާލަލީތާގެ ރޯލުން ކަންގަނާ ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ޓީޒާއިންވެސް ފިލްމުގެ ތަފާތުވާނެކަން ވަނީ ދައްކާލާފައެވެ. އަދި ޓީޒަރގައި ޖަޔާލަލީތާއާއި ކަންގަނާ ވައްތަރުކަމުން ބައެއް ފަހަރު އެ ރޯލުން އެ ފެނިގްނެދަނީ ކަންގަނާތޯވެސް ސުވާލު އުފެދެއެވެ.
ނަން އެންމެނަށްވެސް އެގެއެވެ. ނޭގެނީ އެ ހަޔާތުގެ ވާހަކަތަކެވެ. މީ ފިލްމުގެ ފުރަތަމަ ޓީޒަރ ބުނެދޭ ވާހަކައެވެ. ފިލްމުގެ ޓީޒަރ އިން ފެނިގެންދަނީ ފިލްމު ސެޓެއްގައި ޝޯޓެއް ނަގާ އަންހެންތަރިއަކަށް ތަރީހުބު ދޭ ތަނެވެ. އޭއާއި ކެމެރާ އަންބުރާ ލުމާއިއެކު ދެން ފެނިގެންދަނީ އެތައް ބަޔަކު އެއްވެފައިވާ ސިޔާސީ އެއްވުމެއްގައި ހުންނަ ސީޔާސީ ލީޑަރަކަށް ތަރުހީބު ދެމުންދާ މަންޒަރެވެ.
"ތަލައިވީ"ގެ ޝޫޓިން ފަށާފައިވަނީ މި މި ފިލްމުގެ މައްސަލާގައި ފިލްމްގެ ޑައިރެކްޓަރުންނަށް މެޑްރާސް ކޯޓުން އެންގި އެނގުމަށް ތަބާވުމަށްފަހުއެވެ.
މި ފިލްމުތަކުގެ ޑައިރެކްޓަރުންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅީ ޖަޔާލަލީތާއަށް ބޮޑު ދައިތަކިޔާ ދީފަކް ޖަޔާކުމާރާއި ދީޕާ ޖަޔާކުމާރީއެވެ. މި މީހުން ކޯޓަށް މައްސަލަ ހުށައެޅީ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާއިރު އެކަމުގައި އާއިލާގެ އެއްވެސް ބަހެއް އަދި ހުއްދައެއްވެސް ހޯދާފައިނުވާތީއެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ފިލްމުތަކުގައި ޖަޔާލަލީތާ އާއިލާގެ ހުއްދަ ހޯދުމަށާއި އެ ފިލްމުތަކުގައި ޖަޔާލަލީތާގެ ހަޔާތާއި ބެހޭގޮތުން ހަޤީގަތާއި ހިލާފު އެއްވެސް ވާހަކަތަކެއް ނުހުންނާކަން އާއިލާއަށް ކަށަވަރުކޮށްދިނުމަށެވެ.
މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ކަންގަނާ ރައުޓާއި އަރްވިން ސުވާމީއެވެ. ވިޝްނޫ އިންދޫރީ އާއި ޝާއިލެޝް އާރު ސިންގް ޕްރޮޑިއުސްކޮށް ވިޖޭ ޑައިރެކްޓްކުރާ މި ފިލްމު ތިން ބަހަކުން ނެރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ހިންދީ ބަހުގެ އިތުރުން ޓެމިލް ބަހުންނާއި ތެލަގޫ ބަހުންވެސް މި ފިލްމު ނެރޭނެއެވެ. އަދި މިފިލްމުގެ ވެބް ސީރީޒްވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. "ތަލައިވީ" ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ހަ ދައުރު އަދާކުރެއްވި ޖަޔާލަލީތާ އަވަހާރަވީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 5 ވަނަދުވަހުއެވެ. ގިނަ އާއްމުންގެ މެދުގައި މަގްބޫލު ސިޔާސީ ލީޑަރ ޖަޔާލަލީތާ އަވަހާރަވީ ހާޓް އެޓެކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.