ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުއްޓަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހަވީރު ކުރެއްވި މި ޒިޔާރަތުގައި އެތަނުގައި މިހާރު ހުރި ބައެއް އިމާރާތްތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ފަރުކޮޅުފުށި ތަރައްޤީކުރުމުގެ ޕްލޭނާ ބެހޭގޮތުން އެމަނިކުފާނު ވަނީ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ފަރުކޮޅުފުއްޓަކީ މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ރަށެކެވެ. އެރަށް ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ބިންހިއްކިއިރު ގުޅާލާފައިވަނީ ހެރިޓޭޖް އައިލެއްނޑެއްގެ ގޮތުގައި ތަރައްޤީކުރުމަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ބިންހިއްކި ފަހުން ފަރުކޮޅުފުށީގައި އެފަދަމަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެތަނުގައި ތަފާތުފެއަރތަކާއި އިވެންޓްތައްދަނީ ބާއްވަމުންނެވެ.