ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތައް އެކަމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތުވެސް ފަހަނަޅައި ދިޔުން އެކަށީގެންވާ ކަމަށް އެމެރިކާ ބުނެފިއެވެ.އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ޖެނީވާގައި ކުރިޔަށްދާ އީރާނުގެ ނިއުކްލިޔަރ ވާހަކަތައް ކޮޅެއްގައި ޖެއްސުމަށް ކަނޑައަޅާފައިވާ ސުންގަނޑި މިއަދުގެ ނިޔަލަށް ހަމަވާއިރު އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ ވާހަކަތަކުގެ މުއްދަތު އިތުުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތައް އޭގެ އެންމެ ފަހުގެ މަރްހަލާއަށް ގޮސްފައިވާއިރު ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކަށް ދިޔުމުގައި ދެފަރާތުގެ ދެމެދުގައި އަދިވެސް ބައެއް ޚިލާފްތައް ހުރިކަމަށް ޚަބަރު ލިބެއެވެ.