ކުޅިވަރު

ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލެނިޗް މާޒިޔާއަށް


ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޑިފެންޑަރެއް މާޒިޔާ އަށް ސޮއިކޮށްފިއެވެ.

މާޒިޔާއަށް ސޮއިކުރި ސާބިއާގެ ޕީޓަރ ޕްލެނިޗްވަނީ މީގެ ކުރިންވަނީ ލެބަނަންގެ ނެޖްމާއާއިއެކު އޭ އެފްސީ ކަޕްގައި ކުޅެފައެވެ. ނެޖްމާގެ އިތުރުން އޭނާ ވަނީ އިންޑޮނީޝިއާގެ ސުޕަ ލީގުގެ ޕީއެސްއައިއެސް ސެމަރަންއަށާއި، ބޮސްނިއާ ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސްލޯގާ އަށް ކުޅެފައެވެ.

ޑިފެންސް ލައިނުގެ ކޮންމެ މަގާމަކަށްވެސް ކުޅެވޭ ޕެލެނިޗް އެންމެ ފަހުން ކުޅުނީ މިދިޔަ އޮކްޓޫބަރު މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ޗިޓަގޮން އަބަހާނީ އަށެވެ. ޑިފެންޑަރ ޕީޓަރ ޕްލެނިޗަކީ އޭއެފްސީ ކަޕަށް ޓީމް ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާއެވެ.

މާޒިޔާއިން ވަނީ މީގެ ކުރިން އަފްޣާނިސްތާންގެ ޑިފެންޑަރ މުހައްމަދު ޝާރިފް އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް އަދި މުހައްމަދު ސާމިރުގެ ސޮއިވެސް ހޯދާފައެވެ. މި ކުޅުންތެރިންގެ ތިން ކުޅުންތެރިންވެސްވަނީ ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި ކުޅެފައެވެ.