ޚަބަރު

ހިމަބިހިން ސަލާމަތްކުރުމަށް ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ އިތުރުޑޯޒެއް ދޭންފަށައިފި


ރާއްޖެއިން ނައްތާލެވިފައި ހިމަބިހި ފެނި، އެބަލި ފެތުރެމުންދިޔުމާއި ގުޅިގެން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއްދޭން ފަށައފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާގުޅިގެން އިތުރަށް އެބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުޙިއްމު މަސައްކަތުގެ ތެރެއިން މާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމާއި މީސްލްސް ވެކްސިން ދިނުމުގެ ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވާކަމަށެވެ.

މިގޮތުން މިއަދުންފެށިގެން މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ފަށާފައިވާ ކަމަށާއި، މި ވެކްސިން ޑޯޒަކީ ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ މީސްލްސް އެކުލެވޭ 9 މަހުގައި ދެވޭ އެމް.އާރު އަދި 18 މަހުގައި ދެވޭ އެމް.އެމް.އާރު ވެކްސިންގެ އިތުރަށް ދެވޭ ޑޯޒެއްކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

މިގޮތުން ވެކްސިންގެ އިތުރު ޑޯޒެއް ދޭނީ، އުމުރުން 6 މަސް ފުރި 18 މަސް ނުފުރޭ ތުއްތު ކުދިން،ގެ ތެރެއިން އެންމެ ފަހުން މީސްލްސް ވެކްސިން
(އެމް.އާރު ނުވަތަ އެމް.އެމް.އާރު) ޖެހުމަށް ފަހު 4 ހަފްތާގެ މުއްދަތެއް ފާއިތުވެފައި ނުވާ ތުއްތު ކުދިންނަށެވެ.

ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ މާފަންނު ސޯޝަލް ސެންޓަރާއި މާލެ ދަމަނަވެށީގަޔާއި، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ
ހޮސްޕިޓަލްގައެވެ. މިގޮތުން މިއަދުން ފެށިގެން ކޮންމެ ކޮންމެ ދުވަހެއްގެ، ހެނދުނު 09:00 އިން ހަވީރު 05:00އަށް، ވެކްސިން ޖަހައި ދިނުމާއި ހިމަބިއްސަށް ސްކްރީންކޮށްދިނުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.