ތުރުކީވިލާތުގައި އައުސަރުކާރެއް އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނާކާމިޔާބު ވެއްޖެނަމަ އަވަސް އިންތިޚާބެއް ބޭއްވުން ނޫންގޮތެއް ނޯންނާނެކަމަށާ އެކަމަށް ތައްޔާރުވެތިބުމަށް އެގައުމުގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ އޭނާގެ ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލައްވައިފިއެވެ.ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީން ބުނީ އަވަސްއިންތިޚާބަކަށް ތައްޔާރުވުމަށް ތުރުކީގައިވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ސަޕޯޓަރުންނަށް ދާއޫދު އޮގްލޯ ގޮވާލައްވާފައިވާކަމަށެވެ. ތުރުކީގައި އެންމެފަހުން ބޭއްވި އާންމު އިންތިޚާބުގައި ޖަސްޓިސް ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައިވާއިރު އެޕާޓީގެ އަޣްލަބިއްޔަތު ތުރުކީގެ ޕާލަމެންޓްގައިވެސްވަނީ ގެއްލިފައެވެ.