ޕެޓްރޯލް އާއި ޑީސެލް ލިބުމުގައި އެއްވެސް ދަތިކަމެއް ނޫޅޭކަމަށާއި ޕެޓްެރޯލް ޝެޑްތަކުގައި މީހުން ގިނަވެފައިވަނީ ޕެޓްރޯލް ހުސްވަނީ ކަމަށް ބުނެ މާލޭގައި ފެތުރިފައިވާ އަޑުތަކާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެފިއެވެ.އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސެލް ވިއްކަމުން ދަނީ ކޮންޓްރޯލް ކޮށްގެން ނޫން ކަމަށާއި އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބޮޑެތި ހަން ހިފައިގެން ޕެޓްރޯލް އެޅުމަށް އަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މާލޭގައި ޕެޓްރޯލް އަދި ޑީސެލްގެ ވިޔަފާރި ކުރާ މެރީޑިއަމް އިން ވެސް ބުނީ ޕެޓްރޯލާއި ޑީސެލްގެ އެއްވެސް ދަތިކަމެއް ނޫޅޭ ކަމަށް، އަދި އިއްޔެ މެރީޑިއަމްގެ ޕެޓްރޯލް ޝެޑް ބައެއް ވަގުތުތަކުގައި ބަންދު ކޮށްފައި ހުރީ ޕެޓްރޯލާއި ޑީސެލް ހުސްވެގެން ނޫން ކަމަށާއި އެއީ އެ ޝެޑްގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށްވެސް މެރީޑިއަމް އިން މައުލޫމާތުދެއެވެ.