އައިއޯއައިޖީ

އެމްސީބީން ވިސާ ކާޑްތައް ދިވެހި ކޮންޓިންޖެންޓާއި ހަވާލްކޮށްފި


އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓުގެ ހުރިހާ އެތްލީޓުންނަށް އެމްސީބީގެ ޑެބިޓް ކާޑްތައް ހަވާލްކޮށްފިއެވެ. އެމްސީބީއަކީ މިފަހަރުގެ ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓްގެ އޮފިޝަލް ބޭންކް ޕާރޓްނަރެވެ.

މިއަދު
މޮރީޝިއަސް ކޮމާޝިއަލް ބޭންކުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ދިވެހި
ކޮންޓިންޖެންޓްގައި ހިމެނޭ ހުރިހާ ކުޅިވަރެއްގެ އެތްލީޓުންނަށް މިއަދުވަނީ ކާޑް
ހަވާލްކޮށްފައެވެ. މި ކާޑްތައް މޮރީޝިއަސް ކޮމާޝިއަލް ބޭންކްގެ ފަރާތުން
ހަވާލްކޮށްދެއްވީ އެމްސީބީގެ ހެޑް އޮފް މާކެޓިންގް އެންޑް ރިމޯޓް ޗެނެލްސް ނަޒްރަތު އަފީފްއާއި، ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކަސްޓަމަރ ސަރވިސަސް އޮލިވާ ކެލޭޓަން އަދި ހެޑް އޮފް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މަރިޔަމް މަލްވީނާ އިސްމާއިލެވެ.



އެމްސީބީއިން ވަނީ ދެހާސް
އެގާރަވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ޕާޓްނަރެއްގެ
ގޮތުގައި އޮލިމްޕިކް ކޮމިޓީއާއެކު މަސައްކަތް ކޮށްފައެވެ.



އޮގަސްޓް މަހު އެކަކުން
ދިހަޔަކަށް ރީޔޫނިއަންގަ އޮންނަ ނުވަވަނަ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ރާއްޖޭގެ ސަތޭކަ ސާޅީހެއްހާ އެތްލީޓުން ވާދަކުރާނެއެވެ.