މިއަހަރުގެ ރޯދަމަސް ބައެއް ޤައުމުތަކަށް މިއަދު ފެށިފައިވާއިރު، އަނެއް ޤައުމުތަކަށް ރޯދަމަސް ފެށޭނީ ހުކުރު ދުވަހުއެވެ. ރޯދަމަހު ރޯދަ ހިފަން ޖެހޭ ވަގުތު އެކި ޤައުމުތަކުގައި ތަފާތެވެ. މިދިޔަ އަހަރު އެންމެ ކުރުކޮށް ރޯދަ ހިފި ޤައުމުތަކުގައި ރޯދައަށް ތިބެންޖެހެނީ 11 ގަޑިއިރުއެވެ. އަދި އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހުނު ޤައުމުތަކުގައި 20 ގަޑިއިރުވެސް ރޯދަ ހިފަން ޖެހުނެވެ. މިއަހަރުވެސް މިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ.
ތިރީގައި މިބަލާލަނީ މިއަހަރު އެކި ޤައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތަށެވެ.
- ގްރީން ލޭންޑް، ނޯވޭ އަދި ފިންލޭންޑްގައި ރޯދައަށް ހުންނަން ޖެހޭނީ 20 ގަޑިއިރެވެ.
- ސްވިޑަން، އަދި ޖަރުމަންވިލާތުގައި ރޯދައަށް ހުންނަން ޖެހޭނީ 19 ގަޑިއިރެވެ.
- ކެނެޑާގައި ރޯދައަށް ހުންނަން ޖެހޭނީ 17 ގަޑިއިރެވެ.
- ޑެންމާކް، ޕޮލެންޑް، އިނގިރޭސިވިލާތް އަދި ކަޒަކިސްތާންގައި ރޯދައަށް ހުންނަން ޖެހޭނީ 18.5 ގަޑިއިރެވެ.
- ބެލްޖިއަމް އަދި ސުވިޓްޒަލޭންޑްގައި ރޯދައަށް ހުންނަން ޖެހޭނީ 18 ގަޑިއިރެވެ.
- ރޮމޭނިއާގައި ރޯދަައަށް ހުންނަން ޖެހޭނީ 17.5 ގަޑިއިރެވެ.
- ރަޝިއާ، ފްރާންސް، އިޓަލީ އަދި އަފްއާނިސްތާނުގައި ރޯދައަށް ހުންނަން ޖެހޭނީ 17 ގަޑިއިރުއެވެ.
- ސްޕެއިން، ޕޯޗުގަލް، ގްރީސް، ޗަައިނާ، ނޯތް ކޮރެއާ، ތުރުކީ، އެމެރިކާ އަދި ޖަޕާނުގައި ރޯދަ ހިފަން ޖެހޭނީ އާންމުކޮށް 16.5 ގަޑިއިރެވެ.
- މޮރޯކާ، ޕާކިސްތާން، އިރާން، އިރާޤް، ލެބަނަން އަދި ސީރިއާގައި ރޯދަ ހިފަން ޖެހޭނީ 16 ގަޑިއިރެވެ.
- އިޖިޕްޓް، ޕަލަސްތީން، ކުވެއިތު، ފަލަސްތީންގައި ރޯދަ ހިފަން ޖެހޭނީ 15.5 ގަޑިއިރެވެ.
- އިންޑިއާ، ހޮންކޮން، ބަންގްލަދޭޝް، އޮމާން ސައުދީ، ގަތަރު، ޔޫއޭއީ ގައި ރޯދަ ހިފަންޖެހޭނީ އާންމުކޮށް 15 ވަރަކަށް ގަޑިއިރެވެ.
- ސޫދާންގައި ރޯދަހިފަންޖެހޭނީ 14.5 ގަޑިއިރެވެ.
- ޔަމަން، އިތިއޯޕިއާ، ސްރީ ލަންކާ، ތައިލޭންޑް ގައި ރޯދަ ހިފަން ޖެހޭނީ 14 ގަޑިއިރެވެ.
- މެލޭޝިއާ، ސިންގަރޫރު، އަންގޯލާ، އިންޑޮނީޝިއާ، ކެންޔާ ގައި ރޯދަ ހިފަން ޖެހޭނީ 13.5 ވަރަކަށް ގަޑިއިރެވެ.
- ބްރެޒިލް އަދި ޒިންބާބްވޭގައި ރޯދަ ހިފަންޖެހޭނީ 12.5 ވަރަކަށް ގަޑިއިރެވެ.
- ސައުތު އެފްރިކާ ބައެއް ސަރަހައްދުތަކުގައި ރޯދަ ހިފަންޖެހޭނީ ގައިގަޑަކަށް 12 ގަޑިއިރެވެ.
- ނިއު ޒިލޭންޑް، އާރޖެންޓީނާ އޮސްޓްރޭލިއާ އަދި ޗިލީގެ ބައެއް ސަރަހައްދުތަކުގައި ރޯދަ ހިފަންޖެހޭނީ 11.5 ގަޑިއިރެވެ.
ޤައުމުތަކުގެ މެދުގައި ރޯދައަށް ހުންނަންޖެހޭ ވަގުތުތަކުގެ މެދުގައި ތަފާތުތައް ހުންނައިރު، ބައެއް ބޮޑެތި ޤައުމުތަކުގެ ބައެއް ސިޓީތަކުގައިވެސް ވަގުތު ތަފާތު އުޅެއެވެ.