ޚަބަރު

ފުރަބަންދުގެ ތެރޭގައި ސުންގަޑި ހަމަވާ ޓެކްސްތައް ދައްކަންޖެހޭ ތާރީޚް ފަސްކޮށްދީފި


ފުރަބަންދުގެ ތެރޭގައި ސުންގަޑި ހަމަވާ ޓެކްސްތައް ދައްކަންޖެހޭ ތާރީޚް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ފަސް ކޮށްދީފިއެވެ.

މީރާއިން ވިދާޅުވީ ސަރުކާރުން މާލޭގެ ފުރަބަންދުުގެ މުއްދަތު އިތުރުކޮށްފައިވާތީ، އެކަން އުވާލަންދެން ޓެކްސް ދަށްކަން ޖެހޭ ސުންގަނޑިތައް ފަސްކޮށްފައި ވާކަމަށެވެ. މިގޮތަށް ނިިންމާފައިވަނީ ސަރުކާރުގެ އެންގުމާއި އެއްގޮތަށް މީރާގެ އޮފީސްވެސް ބަންދުކޮށްފައި ވާތީއެވެ. މީރާ އަލުން ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

މީރާއަށް ޓެކްސް ދައްކާ ސުންގަޑިތައް ފަސްކޮށް ދިންއިރު، ޓެކްސް ދެއްކުމުގެ ސުންގަޑި ހަމަވާން ކުރިން އޮތީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މެއި މަހުގެ ތިނަކަށް ހަމަވާން އޮތީ ފެބްރުއަރީ މަހާއި މާޗް މަހުގެ ޖީއެސްޓީ އާއި ޑިއުޓީ ފްރީ ލޯޔަލްޓީ އަދި ވިތްހޯލްޑިން ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް އެވެ. އަދި ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމުގެ ސުންގަނޑިވެސް ހަމަވަނީ މިތާރީހުގައެވެ.

މީރާގެ ވެބްސައިޓް މެދުވެރިކޮށް އެހެން މައުލޫމަތާއި ހިދުމަތްތައް ލިބެން ހުންނާނެކަމަށްވެސް މީރާއިން ވިދާޅުވެއެވެ.