ދުނިޔެ

ޣައްޒާގައި ތުއްތުކުދިން މަރުވާ ނިސްބަތް އިތުރުވެއްޖެ


އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގައި ތުއްތުކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އަދި އިޖްތިމާއީ އެހީ ފޯރުކޮށްދިނުމަށް އދ.ން އުފައްދާފައިވާ ރިލީފް އެންޑް ވޯކް އެޖެންސީން ބުނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ތުއްތުކުދިން މަރުވާ ނިސްބަތް މީގެ 50 އަހަރު ކުރިން މައްޗަށް ނުދާމިންވަރަށް ފާއިތުވި އަށެއްކަ އަހަރުތެރޭގައިވަނީ މައްޗަށްގޮސްފައިވާ ކަމަށެވެ.  މިއީ ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ  ޙިސާރުގެ ލާއިންސާނީ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ކާރިޘާ އެއްކަމަށްވެސް މި އެޖެންސީން ސިފަކުރެއެވެ.އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ހަކަތައިގެ ބާވަތްތަކާއި ގެދޮރުބިނާކުރުމުގެ ތަކެތީގެ ސަޕްލައި ތަކަށް ދަތިކުރުންވެސް ހިމެނެއެވެ.