ޚަބަރު

ކޯވިޑް-19 : މިއަދު 229 މީހުން ރަނގަޅުވެ ޖުމްލަ 1500 އަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު 229 މީހުން ބަލިން ރަނގަޅުވެ ރާއްޖޭގައި މި ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު 1500 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު 229 މީހުން ބަލިން ރަނގަޅުވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނަ މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 100 ދުވަސްވެފައިވާއިރު، މިބައްޔަށް މިއަދު 229 މީހުން ރަނގަޅުވުމާއެކު ފަރުވާދޭ މީހުންގެ އަދަދުވަނީ 515 އަށްދަށްވެފައެވެ. އައިސޮލޭޝަންގައި 365 މީހުންތިބިއިރު މިބައްޔާއި ގުޅިގެން މިވަގުތު ކަރަންޓީންގައިތިބީ 356 މީހުންނެވެ.