ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި އެންޑޯކްރޮނޮލިޖިސްޓަކު އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަންފައްޓަވައިފިއެވެ.
ހޯމޯނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންދިމާވާ އެކި ބަލިތަކަށް ފަރުވާ ދެއްވުމަށް ޚާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވީ ޑރ.އިބްރާހީމް ފައިސަލްއެވެ. ޑރ.ފައިސަލްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިދާއިރާއިން ސްޕެޝަލައިޒްވި ޑޮކްޓަރެވެ.
ހޯމޯންއަކީ ހަށިގަނޑުގެ އެއްގުނަވާނުން އަނެއްގުނަވަނާ ދެމެދު މުޢާމަލާތުކުރުމަށް ފޮނުވާ ކެމިކަލެކެވެ. ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާ ޑައިބިޓީސް އާއި ތައިރޮއިޑް ބައްޔަށް މީހާ ހުށައެޅިގެންދެއެވެ.
ޑރ. ފައިސަލް އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަން ފެއްޓެވިކަން ހޮސްޕިޓަލުގެ ޓުވިޓާ މެދުވެރިކޮށް ޢާއްމުކުރުމާއެކުއި ގިނަބަޔަކު ޑރ.ފައިސަލްއަށް ދެއްކުމަށް ބޭނުންވާކަންވަނީ ހާމަކޮށްފައެވެ.
ޑރ. ފައިސަލް އައިޖީއެމްއެޗުގައި މަސައްކަތްކުރައްވަން ފެއްޓެވުމުން މިދާއިރާއިތުރަށް ފުޅާވެގެންދާނެ ކަމަށާއި ދިވެހިން ރާއްޖޭގެ ސިއްޙީ ޚިދުމަތައްކުރާ އިތުބާރުބޮޑުވެގެން ދާނެކަމަކަށް ވެގެންދާނެއެވެ. ދިވެހި ގިނަ ޑޮކްޓަރުންތަކެއް ދުނިޔޭގެ އެކި ޤައުމުތަކުގައި ސްޕެޝަލައިޒްވުމަށް ގޮސްފައިވާއިރު އެކި ދާއިރާތަކުން ސްޕެޝަލިޓީތައް އިތުރުވެގެންދިޔުމަކީ ދިވެހި ސިއްޙީ ނިޒާމު ހަރުދަނާވެގެންދާނެކަމެކެވެ.
ރާއްޖޭގައި ބައެއް ބަލިތަކަށް އެކަށީގެންވާ ފަރުވާ ނެތުމާއި ގުޅިގެން އެފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ކޮންމެ އަހަރަކު ބިލިއަނުން އާސަންދަ ސްކީމުގެ ދަށުން އަންނަނީ ޚަރަދުކުރަމުންނެވެ.