ޚަބަރު

އަމީތާބާ ދަރި އަބީޝެކްވެސް ކޯވިޑްޖެހި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

އަމީތާބު ބައްޗަން ކޯވިޑް 19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ. އަމީތާބު އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނާނަވަތީ ހޮސްޕިޓަލްގައެވެ. އަމީތާބުގެ އިތުރުން އޭނާ ދަރި އަބީޝެކް ބަޗަންވެސް ވެސް ވަނީ މި ބައްޔަށް ޕޮޒިޓްވެފައެވެ.

ބޮލީވުޑްގެ މެގަ ސްޓަރ ކޯވިޑަށް ޕޮޒިޓިވްކަން އަންގާފައިވަނީ އަމިއްލަ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ. އަމީތާބު ކުރި ޓްވީޓްގައި ބުނެފައިވަނީ އޭނާ ކޯވިޑަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި އާއިލާ މީހުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވާކަމަށާއި ނަތީޖާގެ އިންތިޒާރުގައި ތިބިކަމަށެވެ.

އަމީތާބު ވަނީ މިދިޔަ 10 ދުވަސްތެރޭ އޭނާއާއި ކައިރިން ބައްދަލުވި އެންމެންވެސް ޓެސްޓްކުރުމަށް އެދިފައެވެ. އަމީތާބު އެޑްމިޓްކޮށްފައިވަނީ އޭނާގެ ގެޔާއި ދާދީ ކައިރީގައި ހުރި ހޮސްޕިޓަަލެއްގައެވެ.

ޑޮކްޓަރުންނާއި ހަވާލީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުން ބަލީގެ އަލާމަތްތައް ފެނިގެން އަމިއްލައަށް ގޭގައި އެކަހެރިވެގެން ހުރި އަމީތާބު ހޮސްޕިޓަލަށް ބަދަލުކުރީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް " ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ދާދި ފަހުން ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.

ބިގް ބީގެ ނަމުން މަޝްހޫރު އަމީތާބަށް ކޯވިޑް ޖެހުނުކަން ހާމަކުރުމުން ގިނަ ބަޔަކު އަންނަނީ ޝޯޝަލް މީޑިއާ މެދުވެރިކޮށް އަމީތާބަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އަމީތާބަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކުރައްވާފައެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުން އަމިއްލަ ގެއަށް ނުދެއްވި ތިބި އެތައް މަސައްކަތްތެރިންނަކަށް އަމީތާބު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ހާއްސަ ފްލައިޓްތަކެއް ބާއްވާ 700 ވުރެ ގިނަ މަސައްކަތްތެރިން މުމްބާއިން ލަކްނޯއަށް ގެންގޮސްދީފައިވެއެވެ.

އަމީތާބު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ޝޫޖިތްގެ ކޮމެޑީ ޑްރާމާ " ގްލާބޯ ސިތާބޯ " އިންނެވެ. އަޔުޝްމަން ކުރާނާއާއި އެކު އަމިތާބު ފެނިގެންދިޔަ މި ފިލްމް ސިނަމާތަކަށް މިވަގުތު ނެރެވެން ނެތުމުން ފިލްމް ރިލީޒްކޮށްފައިވަނީ އެމޭޒަން ޕްރައިމްގައެވެ.