ކުޅިވަރު

ހުރިހާ ގޮތަކުންވެސް ޝެފީލްޑް މާމޮޅަށް ކުޅުނު: ލަންޕާޑް


އިނގިރޭސި ލީގުގައި ޝެފީލް ޔުނައިޓެޑު އަތުން ޗެލްސީ ބަލިވީ ހަގީގަތުގައި ވެސް ނުކުޅެވިގެން ކަމަށާއި މެޗުން މޮޅުވާން ހައްގީ ޝެފީލްޑް ކަމަށް ޗެލްސީ ކޯޗު ފްރޭންކް ލަންޕާޑް ބުނެފިއެވެ.

ޝެޕީލްޑް އަތުން 3-0 ލަނޑުން ބަލިވި މެޗަށްފަހު ވާހަދައްކަމުން ލަންޕާޑް ބުނީ ދަނޑުމަތީގައި ޝެފީލްޑްގެ ކުޅުންތެރިން ކުރި މަސައްކަތް އޭނާ ފެނުނުކަމަށާ ކުޅުންތެރިންގެ ކުޅުމާއެއްވަރަށް ދަނޑުމަތިން އެކުޅުންތެރިންގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވޭކަމަށެވެ. އޭނާ ބުނީ މެޗުގެކުރިންވެސް އެޓީމަކީ ވަރުގަދަ ޓީމެއްކަން އެނގޭކަމަށާއި ޝެފީލްޑްގެ ދަނޑުގައި ފަރުވާކުޑަކުރާ ކޮންމެ ބަޔަކަށް މި ލަނޑު ލިބުނުކަމަށެވެ.

ލާމްޕާޑް ބުނީ މިހުރިހާ ކަމާއެކުވެސް ޓީމުގެ ކުޅުމާމެދު އެނާ ވަރަށް ކަންބޮޑުވާކަމަށެވެ. މިއީ އޭނާއާއި މުޅިޓީމަށް ލިބުނު ފިލާވަޅެއްކަމަށް ޗެލްސީ ކޯޗު ލަންޕާޑް ބުންޏެވެ. އޭނާ ބުނީ ހިއްވަރު ދޫކޮއްލެވެން ނެތްކަމަށާއި ގަދަ ހަތަރެއް ކަށަވަރު ކުރަން ފަހުވަގުތާހަމަޔަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުތަކުން ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ މިހާރު ލީގުގައި ދަމަހައްޓުމުން އަންނަ ތިންވަނަ މަގާމު ގެއްލުމުގެ ފުރަސަތު އެބައޮތެވެ. ތާވާލުގެ ހަތުރަވަނާގައިވާ ލެސްޓަރސިޓީއާ ޗެލްސީ ދެމެދު އޮތީ ޕޮއިންޓެއް ފަރަގެކެވެ.