ކުޅިވަރު

ވަޓްފޯޑްގެ ކޯޗު ޕިއާސަން މަގާމުން ވަކިކޮށްފި


ވަޓްފޯޑްގެ ކޯޗު ނިގޭލް ޕިއާސަން މަގާމުން ވަކިކޮށްފިއެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ބާކީ މުހިންމު ދެ މެޗު ކުރިއަށްއޮތްވައި ކޯޗު މަގާމުން ވަކިކުރީ ރެލިގޭޝަނުން ސަލާމަތްވާން ލިބުނު ފުރުސަތު ގެއްލުވާލުމުންނެވެ. ޖުމްލަ 34 ޕޮއިންޓާއެކު ޓޭބަލުގެ 17 ވަނާގައި މިވަގުތު އޮތް ވަޓްފޯޑް ވަނީ މީގެ ދެ ދުވަސް ކުރިން ވެސްޓްހޭމް އަތުން 3-1 އިން ބަލިވެފަ އެވެ. މިއާއެކު ވެސްޓްހޭމް ވަނީ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 37 ޕޮއިންޓް ހަމަކޮށް ރެލިގޭޝަނުން ސަލާމަތްވެފަ އެވެ.

ނަމަވެސް ކުރިއަށް އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލް މެޗު ކަމަށްވެފައި ވަޓްފޯޑުގެ މެނޭޖްމަންޓުގެ ވިސްނުމަކީ ރެލިގޭޝަނުން ސަލާމަތްވާން ލިބުނު ފުރުސަތު ކޯޗު ނަގާލާފައިވާ ކަމަށެވެ.

އަނެއްކޮޅުން ތަފާސް ހިސާބަށް ބަލާއިރު ޕިއާސަން މަގާމާ ހަވާލުވިއިރު ވަޓްފޯޑް އޮތީ ޓޭބަލުގެ 12 ވަނާގަ އެވެ. ނަމަވެސް ނަތީޖާތައް ގޯސްވަމުން އައިސް ރެލިގޭޓެވެދާނެހެން ހީވާ ހިސާބަށް ދިއުމުން ކޯޗާމެދު ވަނީ އިތުބާރު ގެއްލުވާލައިފަ އެވެ. ޕިއާސަންއަކީ މި ސީޒަނުގައި ވަޓްފޯޑާ ހަވާލުވި ތިން ވަނަ ކޯޗެވެ. އޭނާ މަގާމުން ވަކިކުރުމުން ބާކީ އޮތް ދެ މެޗުގައި ޓީމަށް ކޯޗުކޮށްދޭނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ހައިޑަން މުލިންނެވެ.

20 ޓިމު ވާދަކުރާ ޕްރެމިއާ ލީގުން ކޮންމެ ސީޒަނެއްގައި ވެސް އެންމެ ފުލަށްދާ ތިން ޓީމު ރެލިގޭޓްވާނެ އެވެ.