އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ.
ރާއްޖެއަށް މި ފުރުސަތު ލިބުނުއިރު ރަސްމީކޮށް މި މެޗުތައް ބާއްވަން ހުށަހެޅީވެސް ރާއްޖެއިން އެކަންޏެވެ. އެފްއޭއެމުން މި މެޗުތައް ރާއްޖޭގައި ބާއްވަން ބޭނުންވީ މުބާރާތުގައި ވާދަކުރާ ދިވެހި ދެ ޓީމަށް އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް ފަޖި ފުރުސަތެއް ހޯދައިދިނުމުގެ ގޮތުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އަދި 10 މެޗު އެބައޮތެވެ. މި މެޗުތައް ކުޅެން ބޭނުނާ ފެންވަރަށް ގަލޮޅު ދަނޑު ތަރައްގީ ކުރަން އެފްއޭއެމުން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.
Alhamdhulillahi ??
— Bassam Adeel Jaleel (@bassam_jaleeI) July 20, 2020
We have been awarded to host the AFC group stage E (in a centralized format).
In sha Allah hoping for a successful one and our clubs to reach the next stage of AFC Cup 2020. #towardsfuture ??@theafcdotcom @MaldivesFA
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީއާއެކު ދެން ވާދަކުރަނީ ބަނގްލަދޭޝްގެ ޗެމްޕިއަން ބޮޝުންދުރަ ކިންގާއި އިންޑިޔާގެ ޗެންނާއީ އެފްސީއެވެ.
މުބާރާތުގެ ހޯމް އެންޑް އަވޭ އުސޫލު އުވާލައި އެއްތަނެއްގައި މެޗުތައް ކުޅެން އޭއެފްސީން ނިންމީ ވެސް ކޮވިޑް-19ގެ ސަބަބުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ގިނަ އުނދަގޫތަކެއް ހުރުމުންނެވެ.