ކުޅިވަރު

ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތު ޔުވެންޓަސްއިން ނަގާލައިފި



އުދިނޭޒީ އަތުން ފަހު ވަގުތު ހެދުނު ގޯހުގެ ސަބަބުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތު ޔުވެންޓަސްއިން ނަގާލައިފިއެވެ.

އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން ޔުވެންޓަސް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް އުދިނޭޒީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެސްޓްރޯވްސްކީއެވެ. ނަމަވެސް އޭގެފަހުން ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެތިއަސް ޑިލައިޓް. ޔުވެންޓަސްއަށް ލީގު ކަށަވަރު ކުރުމަށް ލިބުނު ފުރުސަތު ގެއްލުނީ މެޗުގެ ނުވަދިގަ މިނެޓު ހަމަވެގެން ކުޅުނު އިތުރުވަގުތުކޮޅުގެ ތެރޭގައި ފޮފާނާ އުދިނޭޒީއަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ބަލިވި ނަމަވެސް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ދިފާއު ކުރުމަށް ޔުވެންޓަސްއަށް ކުރިއަށް އޮތް ތިން މެޗުގެ ތެރެއިން އެންމެ މެޗެއް ކާމިޔާބުކޮށްގެން ވެސް ފުދޭނެއެވެ.
ލީގުގެ އެއްވަނާގައި ޔުވެންޓަސް އޮތީ 80 ޕޮއިންޓާއެކުގައެވެ. މިއީ ދެ ވަނާގައިވާ އެޓްލާންޓާ އަށްވުރެ ހަ ޕޮއިންޓް ގިނަ އަދެދެކެވެ. އުދިނޭޒީ އޮތީ 39 ޕޮއިންޓާއެކު 15 ވަނާގައެވެ.
އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި ހިމެނިފައިވަނީ ޔުވެންޓަސް އާއި އެޓްލާންޓާ އާއި އިންޓަމިލާނާއި ލާޒިއޯއެވެ.