ސިއްހަތު

ހެޕަޓައިޓިސް ބީއަށް ރައްކާތެރިވުމުގެ ގައިޑްލައިން


ހެޕިޓައިޓިސް ބީ އާއި ބެހޭގޮތުން ހޭލުންތެރި ކުރުވައި، މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން އެކުލަވާލެވިފައިވާ ގައިޑްލައިނެއް އިފްތިތާހް ކޮށްފިއެވެ. ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން އެކުލަވާލި މި ގައިޑްލައިން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ގައިޑްލައިން އިފްތިތާހް ކޮށްދެއްވުމަށްފަހު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރުމުގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދާފައި ވާކަން ފާހަގަކުރެއްވިއެވެ. އަދި މި ތަޢާރަފް ކުރެވުނު ގައިޑްލައިންގެ ސަބަބުން މި މަސައްކަތަށް ޤައުމީ ފެންވަރުގައި އިތުރު ކުރިއެރުމެއް އަންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ގައިޑްލައިން ތަޢާރަފް ކުރުމަށްފަހު އެއާގުޅޭގޮތުން ކަމާގުޅޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް ފޯރަމެއްވެސް ރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި ވަނީ ބާއްވާފައެވެ. މި ފޯރަމްގައި ހެޕަޓައިޓިސް ބީ ގެ ބަލިމީހުންނަށް ފަރުވާ ދޭންވީ ގޮތާ ބެހޭގޮތުން ޑޮކްޓަރުންގެ އިތުރުން ކްލިނިޝަނުންނަށް ވަނީ މަޢުލޫމާތު ދީފައެވެ.  ހެޕަޓައިޓިސް ބީއަކީ ބަލީގެ ކުރީކޮޅު ފަރުވާ ކުރެވިއްޖެ ނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.