ލެސްޓާ ސިޓީގެ ބެންޗިލްވެލް އާއި ރެއާލް މެޑްރިޑުން ދޫކޮށްލަން ބޭނުންވާ ރެގިއުލޮން ކުރެ ކޮންމެވެސް އެއް ކުޅުންތެރިއަކު ގެނައުމަށް ޗެލްސީން މަސައްކަތް ފަށައިފިއެވެ.
ޗިލްވެލް އަކީ މެންޗެސްޓާ ސިޓީން ވެސް ބޭނުންވާ ކުޅުންތެރިއެކެވެ. މިހެންވެ އޭނާ ގެންދާނަމަ ޗެލްސީން މިހާތަނަށް ޑިފެންޑަރަކަށް ހޭދަނުކުރާވަރުގެ ބޮޑު ހޭދައެއް ހޭދަކުރަންޖެހޭނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެއެވެ. އަދި މިކަމަށް ޖާގަ ހޯދުމަށް ޗެލްސީން ފަސް ކުޅުންތެރިއަކު ދޫކޮށްލާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމަށް މިހާތަނަށް ގިނަ ކުޅުންތެރިންތަކެއް ހޯދާފައިވާއިރު އެ ޓީމުން މިހާރު އެންމެ ބޮޑަށް ވިސްނަމުންދަނީ ވާތުބެކަކާއި ކީޕަރެއް ހޯދުމަށެވެ.
މި ގޮތުން ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އާއި ބާންލޭގެ ކީޕަރު ނިކް ޕޯޕް އަދި އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު އޮބްލަކް އާއި ބާސެލޯނާގެ ކޮންޓްރެކްޓް އާނުކޮށްހުރި ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ވެސް ހޯދުމަށް އެ ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ.