އެސްޓަންވިލާއިން ކެޕްޓަން ގްރީލިޝްއަށް ބޮޑު މުސާރައެއް ހުށަހަޅައިފިއެވެ.
މި ގޮތުން އެސްޓަންވިލާއިން ހުށަހަޅާފައިވަނީ ހަފުތާއަކު އެއްލައްކަ ޕައުންޑެވެ. މީގެ ބޭނުމަކީ އޭނާ ގަތުމަށް މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑުން ކުރަމުންދާ މަސައްކަތް ހުއްޓުވުމެވެ.
ނިމިދިޔަ ސީޒަނުގައި ރެލިގޭޓްނުވެ ކިރިޔަކިރިޔާ ސަލާމަތްވި ވިލާއިން ގްރީލިޝްއަށް ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް އޭނާ އަދި އެކަމާމެދު ވަކިއެއްޗެއް ނުބުނެއެވެ.
ޔުނައިޓެޑުން ދަނީ ގްރީލިޝް ގަތުމަށް 60 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އެސްޓަންވިލާގެ ކޯޗު ޑީންސްމިތް ބުނެފައިވަނީ ގްރީލިޝް ވަށައިގެން ޓީމު ބިނާކުރަން ބޭނުންވާ ކަމަށާއި މިހެންވެ އޭނާ ކުލަބުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ. އަދި އޭނާ އަކީ މެދުތެރެއާއި ކުރީގެ ކޮންމެ މަގާމަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށްވުމުން ބޮޑެތި ޓީމުތަކުގެ އޮފާ އަންނާނެކަން އެނގޭ ކަމަށާއި ނަމަވެސް ކުޅުންތެރިން ވިއްކާލުމަށް ކުލަބުން ބޭނުންނުވާ ކަމަށެވެ.