ކުޅިވަރު

ރެއާލްގެ ސްކޮޑުން ބޭލް އާއި ހަމޭސް ރޮޑްރިގޭޒް ބާކީކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި މާދަމާރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ގެރެތް ބޭލް އާއި ހާމޭސް ރޮޑްރިގޭޒް ބާކީކޮށްފިއެވެ.

ކޯޗު ޒައިނުއްދީން ޒިދާނާ ރަނގަޅު ގުޅުމެއްނެތް މި ދެ ކުޅުންތެރިން ސްކޮޑުން ބާކީކުރި ވަކި ސަބަބެއް ކުލަބުން ނުބުނެއެވެ. ނަމަވެސް މި މެޗަކީ ރެއާލްއަށް މި ސީޒަނުގައި މިހާތަނަށް ކުޅެން އޮތް އެންމެ މުހިންމު މެޗެވެ. އެއީ މެޗު ކާމިޔާބު ނުކުރެވިއްޖެނަމަ ރެއާލްއަށް ސީޒަން ނިމޭތީއެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މި ދެ ޓީމު ސިޓީގެ ދަނޑުގައި ކުރިމަތިލާއިރު ސްޕޭނުގައި ކުޅުނު މެޗުން ސިޓީ ވަނީ 2-1 އިން ބަލިވެފައެވެ.

ބޭލް އާއި ހާމޭސް ރޮގްރިގޭޒް އަކީ މި ސީޒަނަށް ފަހު ވިއްކާލަން ރެއާލްއިން ބޭނުންވާ ދެ ކުޅުންތެރިންނެވެ. ނަމަވެސް އެމީހުން މުސާރަ ބޮޑުވުމުންނާއި ވިއްކާލަން ރެއާލް ކިޔާ އަގުބޮޑުވުމުން ގަންނާނެ ކުލަބެއް ހޯދުމަށް ވަނީ ދަތިވެފައެވެ.

މި ދެ ކުޅުންތެރިން ބާކީކުރި ނަމަވެސް އަނިޔާގައި ހުރި އެޑެން ހަޒާޑް ވަނީ ޓީމުގައި ހިމަނާފައެވެ. ނަމަވެސް ފުރަތަމަ 11ގައި އޭނާ ލައްވައި ކުޅުވާނެކަން ނިންމާނީ އެންމެ ފަހު ވަގުތުގައިކަމަށް ކޯޗު ޒިދާންވަނީ ބުނެފައެވެ.