ސިއްހަތު

ނަފްސާނީ ދުޅަހެޔޮ ކަމަށް އާންމުން ހޭލުންތެރިކުރުވަންޖެހޭ


ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށްހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.މެންޓަލް ހެލްތް އެވެއަރނަސް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ މެންޓަލް ހެލްތް އެވެއަރނަސް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް މުޖުތަމަޢުގައި އެކި ފެންވަރުގައި ހޭލުންތެރިކުރުވަން ޖެހޭކަމަށެވެ. އެގޮތުން މިކަމަށްޓަކައި މިކަމާއިބެހޭ ތަމްރީނުތައް ހިންގަންޖެހޭ ކަމަށާއި ނިމިގެން ދިޔަ ތަމްރީނު ޕްރޮގްރާމަކީވެސް މިފަދަ ވަރަށް މުޙިއްމު ތަމްރީން ޕްރޮގްރާމެއްކަމުގައި ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.އަދި ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ އާއި ގުޅޭގޮތުން، ކަމާއިގުޅޭ ފަރާތްތަކުގެ ޚިޔާލާއެކު ސޯޝަލް ކައުންސިލަށް ހުށަހަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މެންޓަލް ހެލްތް އެވެއަރނަސް ފައުންޑޭޝަނުން ކަމާއިގުޅޭ ދާއިރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިތަމްރީނު ޕްރޮގްރާމްގައި ފަންސާހަކަށް ފަރާތުން ބައިވެރިވެފައިވެއެވެ.