ކުޅިވަރު

ސަޕޯޓަރުންގެ ނަޒަރުގައި ރެއާލުން ރަނގަޅަށް ފާސްވީ ކޯޗާއި ތިން ކުޅުންތެރިން


ސަޕޯޓަރުންގެ ނަޒަރުގައި ނިމިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން ރަނގަޅަށް ފާސްވީ ކޯޗު ޒައިނުއްދީން ޒިދާނާއި ތިން ކުޅުންތެރިން ކަމަށް ސާވޭތަކުން ދައްކައިފިއެވެ.

ރެއާލްގެ އެއްލައްކަ ސަޕޯޓަރުންގެ މެދުގައި ނެގި ސާވޭތަކުން ދައްކާ ގޮތުގައި 32 ޕަސެންޓް ސަޕޯޓަރުން ކޯޗު ޒިދާންގެ މަސައްކަތްތަކާމެދު ހިތްހަމަޖެހެ އެވެ. އަދި ނިމިދިޔަ ސީޒަނުގައި ޓީމަށް ރަނގަޅަށް ކުޅުނު ކަމަށް ސަޕޯޓަރުން ތާއިދުކޮށްފައިވާ ތިން ކުޅުންތެރިންނަކީ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކީޕަރު ތިބައޫ ކޯޓުއާ އާއި ފޯވަޑް ކަރީމް ބެންޒެމާއެވެ.

މީގެ އިތުރުން އަންނަ ސީޒަނަށް ރެއާލް މެޑްރިޑަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ ކަމަށް ސަޕޯޓަރުން ގަބޫލުކުރެއެވެ. އަދި މިހާރު ތިބި ގިނަ ކުޅުންތެރިންގެ ތެރެއިން ސަޕޯޓަރުންގެ ނަޒަރުގައި ފާސްނުވަނީ ހަތަރު ކުޅުންތެރިއެކެވެ. އެއީ ގެރެތް ބޭލްއާއި ހާމޭސް ރޮޑްރިގޭޒްއާއި ފޯވަޑް ލޫކާ ޖޮވިކްއާއި އެޑެން ހަޒާޑެވެ.

މި ސީޒަންގައި ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގު ފިޔަވާ އިތުރު މުބާރާތެއް ކާމިޔާބުކުރެވިފައިނުވާއިރު، މިދިޔަ ހަފްތާގައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.