ޚަބަރު

ފަރުމާ ފެސްޓިވަލަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


ފަރުމާ ފެސްޓިވަލަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފެއަރ އަކީ ޒުވާނުންގެ ކިބައިގައި ހުރި އެކިއެކި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މައުލޫމާތުދެއެވެ.ފަރުމާ ފެސްޓިވަލާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސީނިއަރ ޔޫތު އޮފިސަރ ހައްސާން ހުސްނީ ވިދާޅުވީ، ޒުވާނުނަށް އެ އެމީހުންގެ ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު މި ފެސްޓިވަލުގެ ތެރެއިން ލިބިގެންދާކަމަށެވެ. އަދި މި ފެސްޓިވަލަކީ ދިވެހި ޒުވާނުނަށް ހާއްސަ ކުރިވިގެން ކުރިޔަށްގެންދާ ފެސްޓިވަލެއްކަމަށްވެސް ހައްސާން ވިދާޅުވިއެވެ.މި ފެސްޓިވަލުގައި ޒުވާނުންގެ އުފެއްދުންތައް އާންމުންނަށާއި އެކިއެކި ކުންފުނިތަކަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.މި ފެއާރ އަކީ ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމުދަނީ ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއާރ އެއްކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މައުލޫމާތުދެއެވެ. އަދި މި ފެއާރގައި ބައިވެރިން ހުށަހާޅާތަކެތި އާމުންނަށް ވިއްކުމުގެ ފުރުސަތު ފަހި ކުރެވިފައިވާކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.މި ފެއާރ ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކަށް ވަނީ ހުޅުވާލެވިފައެވެ. މި ފެއަރ ބޭވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ އެކަކުން ތިނަކަށް ނެޝަނަލް އާޓް ގެލަރީގައެވެ.މި ފެއާރގައި ބައިވެރިވުމުގެ އެންމެފަހު ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހެވެ. ފަރުމާ ފެއާރ ގައި ބައިވެރިވުމަށް ބޭނުންވާ ފޯމް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ ކައުންޓަރުންނާއި މާފަންނު ޒުވާނުންގެ ކައުންޓަރުން ލިބެންހުންނާނެކަމަށް ޔޫތް އެންޑް ސްޕޯޓްސް އިން މައުލޫމާތުދެއެވެ.  ރަށްރަށުން ހުށަހަޅާއި އެޕްލިކޭޝަން ފޯމް ދޫކުރުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒު ނުވަތަ ރަށު ޒުވާނުންގެ މަރުކަޒު މެދުވެރިކޮށް ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން މައުލޫމާތުދެއެވެ.