ޚަބަރު

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެތެރެއިން ފޯނަށް ނުގުޅޭ މީހުންގެ ލިސްޓު ޢާއްމުކޮށްފި


ހިޔާ މަޝްރޫޢުގެ ދަށުން ފޯމު ހުށައަޅައަޅާފައިވާ މީހުންގެ ތެރެއިން މިހަތަނަށް ނުގުޅޭ މީހުންގެ ލިސްޓު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ޢާއްމު ކުރައްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން މީހުންގެ ފޯނުން ގުޅައި ކަށަވަރުކުރުކުރަމުން ގެންދާކަމަށެވެ. އެހެންނަމަވެސް ފޯމު ހުށައެޅި ބައެއް މީހުންގެ ފޯމުގައި ގުޅޭނެ ނަމްބަރެއްގެ ގޮތުގައި ޖަހާފައިވާ ނަންބަރުން ނުގުޅޭކަމަށް ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.

އެ މީހުންގެ ނަން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރުވަނީ ގެޒެޓުގައިވެސް ހާމަކުރައްވާފައެވެ. އަދި މިލިސްޓުގައި ހިމެނޭ މީހުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން https://hcc.presidency.gov.mvގައިވާ ފޯމު ފުރިހަމަކުރުމަށް ފްލެޓު މައްސަލަ ބަލާ ކޮމިޓީންވަނީ އެދިވަޑައިގެންފައެވެ.

ފްލެޓަށް އެދި ހުށައެޅި މީހުންގެ ތެރެއިން މިހާތަނަށް ނުގުޅި ހުރީ H9 އާއި H11 ކެޓަގަރީއަށް ނިސްބަތްވާ ބައެއް މީހުންނަށް ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީންވަނީ ވިދާޅުވެފައެވެ. އަދި މިފަރާތްތަކާ ގުޅޭތޯ ތަކުރާރުކޮށް ގުޅޭތޯ ކޮމިޓީން މަސައްކަތް ކޮށްފައި ވާކަންވެސް އެކޮމިޓީންވަނީ ފާހަގަކުރައްވައެވެ.

ފްލެޓް މައްސަލަ ބަލާ ކޮމިޓީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކޮމިޓީގެ މަސައްކަތް ހުއްޓިފައިވާކަމަށް މިމަހުގެ ކުރީކޮޅު ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ކުރިން ދިން މުއްދަތުގެތެރޭގައި ފްލެޓުތަކުގެ ލިސްޓު ޢާއްމުކުރުން ލަސްވާނެކަމަށްވެސް ފްލެޓް މައްސަލަ ބަލާ ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.

ކޮމިޓީގެ މުވައްޒފުން ކޯވިޑް-19އަށް ޕޮޒިޓިވްވުމުގެ ކުރިން ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސްވެސް ފަށާފައިވާކަމަށް މީގެ ކުރިން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީންވަނީ ވިދާޅުވެފައެވެ.