ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 146، ދިވެހިންގެ ޢަދަދަކީ 117


ރާއްޖެއިން އިތުރު 146 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރު އޮއްސި 6:00އިން މިރޭގެ އިރު އޮއްސި 6:00އާ ހަމައަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 144 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

އެއީ 117 ދިވެއްސަކާއި ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ 2 މީހަކާއި ސްރީ ލަންކާގެ 5 މީހަކާއި ފިލިޕީންސް މީހެކެވެ.

ރާޢްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 140 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެެރެއިން 3788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު މިވަގުތު މިބައްޔަށް 2413 މީހުންނަށް އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެތެރެއިން 152 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. ރާއްޖޭގައި މިވަގުތު އައިސޮލޭޝަންގައި ތިބީ 1390 މީހުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޓެސްޓުކުރުމަށް މިހާތަނަށް ރާއްޖޭގައި 99300 ސާމްޕަލްވަނީ ނަގާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން 24 މީހަކުވަނީ ނިޔާވެފައެވެ.