ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ޗައިނާގައިބޭއްވި ވާރޗުއަލް ރިސެޕްޝަންގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާ ބަހުން މެސެޖެއް ދެއްވުމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލީ ޖޯންގް
އެކަމަށް ތައުރީފު ކުރައްވައިފިއެވެ.
ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމުކޮށްގެން ބޭއްވި މިހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް
މުޙައްމަދު ޞާލިޙާއި ފޮރިން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދުގެ ވީޑިއޯ މެސެޖެއް ދައްކާފައިވެއެެވެ.
މިނިސްޓަރ ޝާހިދު ދެއްވި ވީޑިއޯ މެސެޖުގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މިނިސްޓަރ ޝަހިދުގެ ކުރު ސްޕީޗް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މިނިސްޓަރ ޝަހިދު ޗައިނާ ބަހުން ވާހަކަފުޅުދެއްކެވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ސެޓްފިކެޓެއް ދޭވަރުވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ހަފްލާގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.
މި ހަފްލާގައި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒެގެ ފަރާތުންނާއި، ބެއިޖިންގައި ހުންނަ ބޭރު ޤައުމުތަކުގެ
އެމްބަސީތަކުންނާއި ޗައިނާގައި މިވަގުތު ތިއްބެވި ދިވެހި ކިޔަވާކުދިންނާއި އަދި ޗައިނާގެ ބައެއް ބޮޑެތި ކުންފުނިތަކުން
ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ޗައިނާގެ ބައެއް ޓަރެވެލް ކުންފުނިތަކާއި މީޑީއާއިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.