ޚަބަރު

ޕްރިންޓް މެމޯ ދޫކުރުން ހުއްޓާލައި ފޯނަށް މެމޯ ފޮނުވާގޮތަށް އޭޑީކޭއިން ނިންމައިފި


އަންނަ މަހުން ފެށިގެން ޕްރިންޓް ކޮށްފައި ހުންނަ ސަރވިސް މެމޯ ދޫކުރުން އެއްކޮށް ހުއްޓާލަން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ މޮބައިލް ނަންބަރުތަކަށް ކޮންސަލްޓޭޝަން މެމޯ ފޮނުވަން ފަށާފައިވާކަމަށެވެ.

އަދި މިފެށޭ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރިންޓް ކޮށްފައި ހުންނަ ކަރުދާސް ހާޑް ކޮޕީ ދޫކުރުން އެ ހޮސްޕިޓަލުން ހުއްޓާލާނެކަމަށެވެ. މިއާކު ދެން މެމޯ ލިބޭނީ އެސްއެމްއެސް މެދުވެރިކޮށް ފޯނަށްކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އަންގާރަ ދުވަހުން ފެށިގެން ޑިޖިޓަލް މެމޯ ފޮނުވާގޮތަށް ހަމަޖައްސާފައިވާއިރު ޚިދުމަތް ހޯއްދަވާ ބޭފުޅުން ހޮސްޕިޓަލުގައި
ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަންބަރަކީ ސައްޙަ ނަންބަރުތޯ ބަލައި ޔަގީން ކުރުމަށްވެސް އޭޑީކޭ ހޮސްޕިޓަލުންވަނީ އެދިފައެވެ.