ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މިއަދު 67 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 96 މީހުން


ދެ ދުވަހަށްފަހު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 50 އިން މައްޗަށްއަރައިފިއެވެ.

އެޗްޕީއޭއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުދަދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ 67 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 34 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުމިހާރުމިވަނީ 9,885އަށް އިތުރުވެފައެވެ.

މި 24 ގަޑިއިރުގެތެރޭގައި މާލެއިން 66 މީހުން ޕޮޒިޓިވްވެފައިވާއިރު ރަށްރަށުން ޕޮޒިޓިވްވީ 2 މީހުންނެވެ. އަލަށް މިބަލިން ރަނގަޅުވީ 96 މީހުންނެވެ. މިއާއެކު ބަލިން ޝިފާލިބުނު މީހުންގެ ޖުމަލް ޢަދަދުމިވަނީ 8530އަށް އިތުރުވެފައެވެ.

މިހާރު ކޯވިޑް-19އަށް ރާއްޖޭގައި ފަރުވާދެމުންދަނީ 1315 މީހުންނަށެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެމުންއަންނަނީ 93 މީހުންނަށެވެ.

މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 24 ރަށަކާއި 25 ރިސޯޓެއްގައި މިބަލީގެ އެކްޓިވްކޭސްތައް ތިބިކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ރިސޯޓްތަކުގައި ބައްޔަށް ޕޮޒިޓިވް މީހުންގެ ގޮތުގައިތިބީ 15 ފަތުރުވެރިއަކާއި 33 މުވައްޒަފުންނެވެ.

ކޯވިޑް-19 ދެނެގަތުމަށް ރާއްޖެއިން މިހާތަނަށް 143472 ސާމްޕަލް ނަގާފައިވާއިރު މިބަލިޖެހުނު މީހުންގެ ތެރެއިން 34 މީހުންވަނީ ނިޔާވެފައެވެ.