ކުޅިވަރު

27 އަހަރު ފަހުން ފުރަތަމަ ތިންމެޗުން ތިންމޮޅު ހޯދާ އެވަޓަން ލީގުގެ އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި 27 އަހަރު ފަހުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް އެވަންޓަން އިން ލީގުގެ އެއްވަނައިގަ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލީގުގައި އިއްޔެ ކްރިސްޓަލް ޕެލެސްއާ ވާދަކޮށް އެވަޓަން ވަނީ 2-1 ލަނޑު މެޗު ކާމިޔާބުކޮށްފައެވެ. ރަށުން ބޭރުގައި އެވަންޓަން ކުޅުނު މި މެޗުގައި ލަނޑުތައް ކާމިޔާބު ކުރީ ކުލެވާޓް ލެވިންނާއާއި ރިކާލްސަންއެވެ. ކްރިސްޓަލް ޕެލެސްގެ ލަނޑު ކާމިޔާބުކޮށްދިނީ ކޯޔަޓޭއެވެ. ކުލެވޭޓް ލެވިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް އެވަޓަންނަށް ލަނޑުޖަހައިދީފައެވެ. މިއީ ސްޓެވަން ނައި ސްމިތް 2014ވަނަ އަހަރު ތިން ލަނޑުޖެހިފަހުން ފުރަތަމަ ތިން މެޗުގައި ލަނޑުޖެހި އެވަޓަންގެ ފުރަތަމަ ކުޅުންތެރިޔާއެވެ.

ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ވަނީ ރަށުން ބޭރުގައި ކުޅުނު މެޗު ތިން ލަނޑު ބްރައިޓަންގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގައި ޔުނައިޓެޑް މޮޅުވީ މެޗު އެއްވަރުގެން ނިމިފަ އޮއްވައި ވީޑިޔޯ އެސިސްޓެންޓް ރެފްރީގެ އެހީގައި ލިބުނު ޕްނެލްޓީއަކުން މެޗު އެންމެ ފަހު ކިކް ގޯލަށް ވައްދައިގެންނެވެ. ޔުނައިޓެޑަށް ލިބުނު ފެނެލްޓީ ކާމިޔާބުކޮށްދިނީ ބުރޫނޯ ފެނާންޑޭޒްއެވެ.

ރޭގައި ޗެލްސީ ވަނީ ރަށުން ބޭރުގައި ލީގަށް މި ސީޒަނަށް އަލަށް ޕްރޮމޯޓްވި ވެސްޓްބްރޯމްއާ ވާދަކޮށް 3-3 ލަނޑުން އެއްވަރު ވެފައެވެ. މެޗުގެ ފުރަތަމަހާފްގައި ވެސްޓް ބްރޮމްއިން ވަނީ ޗެލްސީ ކޮޅަށް ތިން ލަނޑުޖަހާފައެވެ. ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗެލްސީ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނުޓުގައި ޓޮމީ އަބްރަހަމް ކާމިޔާބު ކުރި ލަނޑުންނެވެ. ރޭގައި ސައުތުހެމްޓަނުން ވަނީ ރަށުންބޭރުގައި ބާންލީގެ މައްޗަށް ކުރި ހޯދާ ލީގުގެ ފުރަތަމަ މޮޅުހޯދާފައެވެ.

އެވަންޓަން ކުޅުނު ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގަ އޮތްއިރު ދެވަނައިގަ އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދައިގެން ލެސްޓަރ ސިޓީއެވެ. ލެސްޓަރ ސިޓީން ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ.