ޚަބަރު

އެއްގަމު އުޅަނދުތައް ދުއްވުން މަނާ ގަޑިއަށް ބަދަލުތަކެއް


މާލެ ސަރަހައްދުގައި ކޯވިޑް-19 ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު 8:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލު ގެނެސްފިއެވެ،

އެޗްޕީއޭއިން ވިދާޅުވީ މިހާރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނަދު ފަހަރު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް ވަގުތައް ބަދަލުގެނައި ނަމަވެސް މާލެ ސަރަހައްދުގައި ރޭގަނޑު 22:00ން ފަތިހު 5:00އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުމަށް އަދި މަނާ ވާނެކަމަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއި ގުޅިގެން، ރޭގަނޑު 8:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރީ 22 އޮގަސްޓް އިން ފެށިގެންނެވެ.

ރޭގަނޑު އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ޒުވާނުންގެ އެއްވުންތައް ވީހާވެސް މަދުކުރުންކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިބަދަލާއި އެެކު ރޭގަނޑު 9:30ގައި އެންމެ ލަސްވެގެން ފިހާރަތާކާއި ކެފޭ ރެސްޓޯރަންޓްތައްވެސް ބަންދުކޮށް ޑެލިވަރީގެ ހިދުމަތްތައްވެސް އެގަޑިތަކަށް ފެއްތުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.