ވިޔަފާރި

ނ އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ޒޯނަކަށް ވެގެންދާނެ


ކުރިއަށް
އޮތް ތަނުގައި ނޫން އަތޮޅުވެގެންދާނީ ފަތުރުވެރިކަމުގެ އެއްމެ ވަރުގަދަ އެއް ޒޯނަށް ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބް އަޙުމަދު އަދީބް ވިދާޅުވެއްޖެއެވެ.



ނ.މާފަރު
އެއަރޕޯޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ނައިބް
ރައީސް އަޙުމަދު އަދީބް ވިދާޅުވީ، މިއަހަރު ނިމޭ އިރު އާއި އަންނަ އަހަރުގެތެރޭ ނޫން
އަތޮޅުގައި ވަރަށް ގިނަ ރިސޯޓްތައް ހުޅުވިގެންދާނެ ކަމަށެވެ.



އަދި
މާފަރު އެއަރޕޯޓް ތަރައްޤީކުރަނީ ޕްރައިވެޓް ޖެޓްވެސް ޖެއްސޭ ގޮތަށް ކަމަށްވުމުން، އެ
ސަރަޙައްދުގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ޖެޓްތައް މާލެއަށް ޖެއްސުމުގެ
ބަދަލުގައި އެ ޖެޓްތައް ޖައްސާނީ ސީދާ މާފަރު އެއަރޕޯޓަށްކަންވެސް ނައިބް ރައީސް
ފާހަގަކުރެއްވިއެވެ.



އަދި ނޫން އަތޮޅަކީ މިހާރު
ދުނިޔޭގައި ހިންގާ އެއްމެ އަގު ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ދެ ރިސޯޓް އޮތް
އަތޮޅުކަންވެސް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.