މާފަރު އެއަރޕޯޓްގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ
ތެރޭގައި ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ
ނައިބް އަޙުމަދް އަދީބް ވިދާޅުއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ނ.މާފަރުގައި ހަދާ
ޑޮމެސްޓިކް އެއަރޕޯޓްގެ ބިންގާ އެޅުމަށް އިއްޔެ ނ.މާފަރުގައި ބޭއްވި
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ މިލޭނިއަމް
ކެޕިޓަލް މެނޭޖްމެންޓުން ބުނީ މި އެއަރޕޯޓުގެ މަސައްކަތް 2016 ވަނައަހަރުގެ
ފަހުކޮޅު ނުވަތަ 2017 ވަނައަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށެވެ.އެއަރޕޯޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބް
ރައީސް އަޙުމަދު އަދީބް ވިދާޅުވީ ނ.މާފަރު އެއަރޕޯޓާއި އެކު އެ އަތޮޅަށް ވަރަށް ގިނަ ތަރައްޤީތަކެއް
އަންނާނެ ކަމަށެވެ.
އަދި ޑޮމެސްޓިކް އެއަރޕޯޓްތައް މެދުވެރިކޮށް މުޅި ރާއްޖެ
ވައިގެ މަގުން ގުޅާލެވޭނެ ކަމަށާއި
ދިވެހިންނަށް ހެޔޮ އަގެއްގައި ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް
ހަމައްޖައްސައިދެއްވާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.ނ.މާފަރު އެއަރޕޯޓްގެ ބިންގާ އެޅިގެން ދިޔުމުން އެރަށުގެ ރައްޔިރުންނާއި އެއަތޮޅުގެ ރައްޔޮތުންވެސް ތިބީ ވަރަސްވެސް އުފަލުންނެވެ. އަދި އަވަސް
މުސްތަޤްބަލެއްގައި އެރަށުގައި އެއަރޕޯޓް ތަރައްޤީވެ ހުޅުވިގެން ދިޔުމަކީ އެ
އެންމެންގެ ވެސް އުއްމީދެވެ.1800 މީޓަރުގެ ރަންވޭއަކާއިއެކު ތަރައްޤީކުރާ
މި އެއާރޕޯޓުގައި ޔޮޓް މެރީނާއަކާއި ސިޓީހޮޓަލެއްވެސް ހެދުމަށް ވަނީ ނިންމާފައެވެ. މި
އެއަރޕޯޓު ހެދުމަށްޓަކައި ބިން ހިއްކަން ނުޖެހޭކަމަށް ކޮންޓްރެކްޓަރ މަޢުލޫމާތު
ދެއެވެ.
ނ. އަތޮޅުގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ތަރައްގީ ކުރުމަށް އިޢުލާން
ކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި ނޫނު
ހޮޓެލްސްއިން މަސައްކަތް ކުރިއަށް ނުގެންދާތީ، އެގްރިމެންޓް ބާތިލްކޮށް،
މިލޭނިއަމް ކެޕިޓަލްއާ މާފަރު އެއަރޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ
2013 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.