ޚަބަރު

ރައީސުލް ޖުމްހޫރިއްޔާ އިންނެވި ލޯންޗް ގައި އެއްޗެއް ގޮވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ގައްޔޫމް ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގަތް ލޯންޗް ކޮޅުގައި އެއްޗެއް ގޮވައިފިއެވެ.މިހާދިސާގައި ރައީސް ޔާމީންއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއެވެ. އަދި، ތަހްގީގް ކުރިއަށްދާތީވެ އިތުރު ތަފްސީލު ދެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.ރައީސް މާލެ ވަޑައިގެން ޕްރެސް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވުމާއެކު އެތަން ކަވަރ ކުރަންގޮސް ހުރި އަޅުގަނޑުމެންގެ ރިޕޯޓަރ ހަފީޒާ ޢަބްދުއް ސައްތާރު ބުނާގޮތުގައި، އިއްޒުއްދީން ފާލަން ކައިރިއަށް ލޯންޗު ކައިރި ކުރަމުންދަނިކޮށް ފުރަތަމަ އިވިގެން ދިޔައީ ބާރުގަދަ އަޑެކެވެ. އަދި އެ އަޑާއި އެކު ދެން ފެނިގެން ދިޔައީ ލޯންޗުގެ ތެރެއިން ކަޅު ދުންތަކެއް އަރަމުން ދިޔަ ތަނެވެ.. އެއާއެކު، ލޯންޗުގެ ތެރެއިން ހަޅޭކުގެ އަޑާއި، ރޯ އަޑު އިވިގެން ދިޔަ ކަމަށް ރިޕޯޓަރ ބުނެއެވެ.މިހާދިސާގައި ބައެއް ބޭފުޅުންނަށް އަނިޔާވި ކަމަށް ބެލެވިފައިވާކަމަށާއި، ބައެއް ބޭފުޅުން އެންބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނިފައިވާކަމަށް މަންޒަރުދުއް އަޅުގަނޑުމެންގެ ރިޕޯޓަރ މަޢުލޫމަތުދެއެވެ.މިކަމާއި ގުޅިގެން ޕޮލިސް އަދި އެމްއެންޑީއެފުން ވަކި އެއްޗެއް އަދި ވިދާޅެއް ނުވެއެވެ.މިކަން ހިނގިގޮތެއް އެމްއެންޑީއެފުންނާއި، ޕޮލިހުން ތަހްގީގް ކުރަމުންދާ ކަމަށްވެސް މަޢުލޫމަތުލިބެއެވެ.އެންމެ ފަހުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، މިހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހާލުކޮޅު ބައްލަވާލެއްވުމަށް ރައީސް ވަނީ އައިޖީއެމްއެޗަށް ވަޑައިގެންފައެވެ. އަދި، އެސަރަހައްދަށް ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކެއް އަންނަމުންދާކަމަށް އެސަރަހައްދުގައި ހުރި އަޅުގަނޑުމެންގެ ރިޕޯޓަރ ބުނެއެވެ.މިހާދިސާ ހިނގާފައި މިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެވަޑައިގަތް ލޯންޗްކޮޅު އިއްޒުއްދީން ފާލަމާއި ކައިރިކުރައްވަނިކޮށެވެ.