ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.މި އެކްސިޑެންޓްގައި ސީރިއަށް އަނިޔާތަކެއް ލިބިފައިވަނީ، ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށް މައުލޫމާތުލިބެއެވެ.ފުލުހުންވަނީ މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ ޒުވާނަކަށް ކަމަށާއި އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ބުނެފައެވެ. ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ ސީރިއަސް އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގެ ކޯހެރަކެފޭ ކައިރީގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.