މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލް މެޗް މިރޭ ކުޅޭނެއެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވޭ ޗެރިޓީ ޝީލް މެޗްގައި ބައްދަލުކުރާނީ އެންމެ ފަހު ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގްގެ ރަނަރަޕް ޓީމް ކުލަބް އީގަލްސްއެވެ.
ކޮވިޑް19އިގެ ސަބަބުން ކޮންމެ ޓީމަކަށްވެސް ފަރިތަކުރުންތަކުގައި ގިނަ އުނދަގޫތަކާއި މިއަހަރު ދިމާވެފައިވެއެވެ. ކޮވިޑް19ގެ ސަބަބުން މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންވެސް އެއްކޮށް ނިންމާނުލާ ޖެހުނީ މެދުކަނޑާލާށެވެ. ކޮންމެ އަހަރަކުވެސް ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލް މެޗްގައި ޖަމިއްޔާތަކަށް އެހީވެއެވެ. މިއަހަރު މިކަމަށްޓަކައި 3 ޖަމިއްޔާއެއް ހަމަޖައްސާފައިވެއެވެ. އެއީ އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި މޯލްޑިވިއަން ބްލަޑް ޑޯނާސް އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ޗެރިޓީ ޝީލްޑް މެޗް ވަރަށް ގިނަ ގޮތް ގޮތުން ހާއްސަވެއެވެ. އެއީ ފުރަތަމަ ފަހަރަށް ޗެންޕިއަންސް ލީގްގެ ފައިނަލް މެޗްއެއްގައި ރެފްރީކަން ކުރީ ރެފްރީއެއް މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗްގައި އިންސާފް ކުރާނެއެވެ. ވިކްޓަރވަނީ 2011ވަނަ އަހަރުގެ ޗެންޕިއަންސް ލީގްގެ ފައިނަލްގައި ބާސެލޯނާ އާއި މެންޗެންސްޓަރ ޔުނައިޓެޑް ވާދަކުރި މެޗުގައި އިންސާފު ކޮށްފައެވެ.
މީގެ އިތުރުން މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗްގެ އޮފިޝަލްކަން ކުރާނީވެސް ކުރީގެ މަޝްހޫރު ރެފްރީންނާއި ލައިސް މަނުންނެވެ. އެއީ މިހާރު ރިޓަޔާކޮށްފައިވާ އަހުމަދު އަމީޒް އާއި އަލީ ސަލީމް އާއި މުހައްމަދު ސައީދެވެ. މިތިން ރެފްރީންނަކީވެސް ކުރީގެ ފީފާ ރެފްރީންކަން ފާހަގަކޮށްލެވެއެވެ.
މިރޭ ފަށާ ޗެރިޓީ ޝީލްޑް މެޗް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.