އުރީދޫގެ މައި އޮފީހުގައި ހުރި ތިޖޫރީއެއް ފަޅާލައި ވައްކަންކޮށްފިއެވެ.
ސްޓޭޓް ބޭންކް
އޮފް އިންޑިއާ ހުންނަ، ހެންވޭރު ސަން ލީޓް އިމާރާތުގައި ހިންގާ އުރީދޫ މައި
އޮފީހުގައި ހުރި ތިޖޫރީއެއް ފަޅާލައި ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ
ރޭ ފަތިހު ފަހެއް ޖަހާއެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.ފުލުހުން ބުނީ
އެތަނުން ވައްކަން ކޮށްފައިވަނީ އެ އޮފީހުގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު ކަމަށެވެ.
އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށާއި ވަގަށްނަގާފައި ވަނީ ކޮން އެއްޗެއް ކަމެއް އަދި ގެއްލުނު ވަރެއް އަދި ނޭގޭ ކަމަށް
ފުލުހުން ބުނެއެވެ.